ޚަބަރު ސިޔާސީ

އިންތިއާ އެކު ނަޝީދު މަގުމައްޗަށް ނުނުކުންނަވާތީ ފާޑުކިޔައިފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ--

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީއާ އެކުގައި، ކުރީގެ ރައީސް މުހައްމަދު ނަޝީދު މަގުމައްޗަށް ނުނުކުންނަވާތީ، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން، މޫސާ މަނިކު (ރީކޯ) ނަޝީދަށް ފާޑު ވިދާޅުވެއްޖެއެވެ.

Ads by MWSC

މޫސަ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އިންތިއާ އެކީގައި ރައީސް ނަޝީދު މަގުމައްޗަށް ނުކުމެވަޑައިނުގަންނަވަނީ އިންތި އިންތިޚާބުން ބަލިވެދާނެކަން އެނގިވަޑައިގަންނަވާތީ ކަމަށެވެ.

ރައީސް ނަޝީދުގެ ފެކްޝަނަށް ތާއީދު ކުރާ ކެމްޕެއިން ޕޯސްޓަރެއް ހިއްސާ ކުރައްވައި މޫސަ ވިދާޅުވީ، ނަޝީދާ އެކުގައި ވީހާލެއްގައިވާން ޖެހޭ ސަބަބެއް ވެސް ނެތް ކަަމަށެވެ.

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު: ރައީސް ނަޝީދަށް މިއަދުވެސް ފާޑުވިދާޅުވި

"މި ކެމްޕެއިނަކީ އިންތިއާ ފަޔާގެ ވާދަވެރިކަމެއް. ނަޝީދާ އެކީ ވީހާލެއްގައި ވާން ޖެހޭ ސަބަބެއް ނެތް. ބަލިވާނެކަން އެނގޭތީ އިންތިއާ އެކީ މަގުމައްޗަށްވެސް ދާކަށް ނުކެރޭ." މޫސަ ވިދާޅުވިއެވެ.

 

އަންނަ މެއިމަހުގެ 14ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބުގައި، އިންތިއާ ވާދަަ ކުރައްވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލެވެ. އިންތިއަކީ ރައީސް ނަޝީދު ފެކްޝަނުން ވާދަކުރައްވާ ކެނޑިޑޭޓެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ފެކްޝަނުން ނުކުމެ ހުންނެވީ ފައްޔާޒެވެ.

މި އިންތިޚާބަކީ އިންތިއާ ފައްޔާޒަށް ވުރެ ބޮޑަށް، ރައީސް ނަޝީދާއި ރައީސް ޞާލިޙުގެ ސިޔާސީ ވާދަވެރިކަން ފެނިގެންދާ އިންތިޚާބަކަށް ވަނީ ވެފައެވެ.

Ads by Allied Insurance
  1. ރީކޯ

    މޫސަ މީ ދެން ކާކު އަންނި އާކިޔަން

  2. ކާކު

    މީދެނާ ކާކު