ޚަބަރު

އަޅުގަނޑުމެން"ހިންގާލާނީ" ރައީސް ނަޝީދާ އެކު: ފައްޔާޒް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އެމްޑީޕީގެ ޗެއަރޕާސަންގެކަމުގެ މަގާމު އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ކާމިޔާބު ކޮށްފިނަމަ، ރައީސް ނަޝީދު އެމްޑީޕީން ބޭރުކުރާނެ ކަމަށް ދެކެވޭ ވާހަކަތަކަށް އެ މަނިކުފާނު ރައްދު ދެއްވައިފިއެވެ.

Ads by MWSC

އަތޮޅުތަކުގެ ބައެއް ރަށްތަކަށް ކުރެއްވި ކެންޕެއިން ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު މިއަދު މާލެ ވަޑައިގެން މީޑިއާތަކާ ބައްދަލު ކުރައްވައި ފައްޔާޒް ވަނީ އެ މަނިކުފާނުގެ ކެންޕެއިނާ ގުޅޭ ގޮތުން، އިންތިޚާބުގައި ދެން ވާދަ ކުރައްވާ އިމްތިޔާޒް ފަހްމީއަށް ތާއީދު ކުރާ ފަރާތްތަކުން ދައްކަމުން އަންނަ ބައެއް ވާހަކަތަކަށް ރައްދު ދެއްވައިފައެވެ.

އެމްޑީޕީގެ ޤައުމީ މަޖިލިސް ވަޓްސްއަޕް ގްރޫޕްގައި ކުރެއްވި މެސެޖެއްގައި ރައީސް ނަޝީދު ވެސް ވަނީ އެފަދަ ވާހަކަފުޅުތަކެއް ދައްކަވައިފައެވެ. އެ ގޮތުން އެމަނިކުފާނު އެމްޑީޕީން ބޭރުކުރަން ފެނަކައިގެ އެމްޑީ އަހުމަދު ސައީދު މަސައްކަތް ކުރައްވާކަމަށް ވިދާޅުވިއެވެ.

މި ވާހަކަފުޅަށް ރައްދު ދެއްވަމުން ފައްޔާޒް ވިދާޅުވީ، ރައީސް ނަޝީދު އެމްޑީޕީން ވަކި ކުރެވޭ ވަރުގެ މީހެއް ރާއްޖޭގައި އަދި ނެތް ކަމަށެވެ.

"އަދިއެއް މިރާއްޖެއަކު ރައީސް ނަޝީދު އެމްޑީޕީން ބޭރު ކުރެވޭނެ ވަރުގެ މީހެއް ނެތް. އެކަން އެމްޑީޕީގެ މެންބަރުންނަށް ސާފުވާނެ. އަޅުގަނޑުމެން މި އުޅެނީ މި ޕާޓީ ހިންގާލަން ވެގެން. އަޅުގަނޑުމެން މި ޕާޓީ ހިންގާލާނީ ރައީސް ނަޝީދާ ވެސް އެކު." ފައްޔާޒް ވިދާޅުވީ ކޮންމެ އިންތިޚާބަކާ ދިމާކޮށް ވެސް އެމްޑީޕީ ބައިބައިވާ ވާހަކަ ދައްކާ ކަމަށާއި ނަމަވެސް ކަން ނިމޭއިރު، އެމްޑީޕީ ކުރިޔަށް ވުރެ ވަރުގަދަވާ ކަމަށެވެ. އަދި މި އިންތިޚާބު ނިމޭ އިރު ވެސް އެމްޑީޕީ ކުރިޔަށް ވުރެ ވަރުގަދަވާނެ ކަމަށާއި މެންބަރުން އިތުރުވެ، ޕާޓީ އިތުރަށް ހިނގާނެ ކަމަށެވެ.

"އަޅުގަނޑަކީ ހިންގުންތެރިއެއް އިރާދަ ކުރެއްވިއްޔާ މި ޕާޓީ ހިންގާލާނަން ވަރަށް ވަރުގަދައަށް"

ރައީސް ނަޝީދު ވަކި ކުރައްވަން އުޅޭ ކަމަށް ކުރައްވާ ތުހުމަތުތަކާ ގުޅޭ ގޮތުން ފައްޔާޒް އިތުރަށް ވިދާޅުވީ، އެމްޑީޕީގެ މެންބަރަކު ވަކި ކުރެވޭނީ އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީން ކަމަށާއި އެ ކޮމިޓީގައި އިމްތިޔާޒު ފަހުމީއާއި މުޙައްމަދު ޝިފާޒު (ސިއްޕެ)ހިމެނޭ ކަމަށެވެ. އެހެންކަމުން ޗެއަރޕާސަނ ކަމުގެ މަޤާމަށް އަޔަސް ވަކި މީހަކު ވަކި ކުރެވޭނެ ބާރެއް ނޯންނާނެކަމަށް ފައްޔާޒް ވިދާޅުވިއެވެ.

އަންނަ މެއި މަހު 14ވަނަ ދުވަހު އޮންނަ މި އިންތިޚާބު ކާމިޔާބު ކުރެވޭނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށް ވެސް ފައްޔާޒް ވިދާޅުވިއެވެ. މިގޮތުން ވިދާޅުވީ، ކޮންމެ ރަށަކުން ވެސް ބޮޑު ތާއީދެއް އެބައޮތް ކަމަށާއި މުސްތަޤްބަލު ފެންނަނީ ވަރަށް އުޖާލާކޮށް ކަމަށެވެ.

Ads by Allied Insurance
  1. ޙަބީބު.

    ތިހެންބުނި މައުމޫނާ ދިމާލައްވެސް މިހާރު އެހެރީ ކޮންތާކު