ޚަބަރު ސިޔާސީ

ވަކި ކެނޑިޑޭޓަކަށް ވޯޓް ނުދީފި ނަމަ ތަރައްޤީގެ މަޝްރޫއުތައް ހުއްޓޭނެކަމަށް ޤަބޫލު ކުރުމަކީ "ކޮސް" ވިސްނުމެއް: އީވާ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރިޔާސީ އިންތިޚާބު ކުޑަތަން ވެފައި އޮއްވާ، ރަށްރަށުގައި ހިނގާ ތަރައްޤީގެ މަޝްރޫއުތައް ސަރުކާރުން ހުއްޓައިނުލާނެ ކަމަށް މަޖިލީހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

Ads by STELCO

އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބުގައި އިމްތިޔާޒް ފަހުމީއަށް ކެންޕެއިންކޮށްދިނުމަށް މިއަދު ބ. ކުޑަރިކިއްޔަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި އީވާ ވިދާޅުވީ، ރިޔާސީ އިންތިޚާބަށް ކުޑަތަން ވެފައި އޮއްވައި ވަކި މީހަކަށް ވޯޓް ނުދީގެން ރަށްރަށުގައި ހިނގާ މަޝްރޫއުތައް ހުއްޓައި ނުލާނެ ކަމަށެވެ. އަދި އެ ގޮތަށް ކަންތައް ކޮށްފިނަމަ ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ގެއްލުނީ ކަމަށާއި، އެހެންކަމުން އެފަދަ ކަމެއް ސަރުކާރުން ނުކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

"އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބުގައި ވަޒީރަށް ވޯޓު ނުދީފިއްޔާ ރަށުގެ ތަރައްޤީގެ މަޝްރޫއުތައް ހުއްޓޭނޭ. އަޅުގަނޑަށް ހީނުވޭ މިކަހަލަ ކޮސް ވާހަކަ ޤަބޫލު ކުރާނެ ހެނެއް. މި ރަށުގެ ވެސް، މުޅި ބ އަތޮޅުގެ ވެސް، މުޅި ހުރިހައި އެމްޑީޕީ މެންބަރުންނަށް ވެސް އެނގޭނެ އަހަރު ދުވަސް ތެރޭގައި ރިޔާސީ އިންތިޚާބު އެބަ އާދޭކަން، އެތެރޭގެ އިންތިޚާބަކާ ގުޅިގެން، ވަކި މީހަކަށް ވަކި ރަށަކުން، ވަކި އަތޮޅަކުން ވޯޓް ނުދީފިއްޔާ ތަރައްޤީގެ މަޝްރޫއުތައް ހުއްޓޭނޭ ބުނީމާ، އެންމެނަށް ވެސް އެނގޭނެ ދެން 2023 އެމްޑީޕީއަށް ގެއްލުވާލީކަން. އެކަހަލަ ކަމެއް ނުހިނގާނެ" އީވާ ވިދާޅުވިއެވެ.

އަންނަ މެއި މަހުގެ 14ވަނަ ދުވަހު އޮންނަ މި އިންތިޚާބުގައި ދެން ވާދަ ކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލްގެ ކެންޕެއިން ޓީމުގައި ހިމެނި ވަޑައިގަންނަވާ ބައެއް ބޭފުޅުން، އެމްޑީޕީގެ ބައެއް މެންބަރުންނަށް ވަޒީފާގެ ބިރު ދައްކަމުން އަންނަ ކަމަށް ކުރައްވާ ތުހުމަތު ވެސް އީވާ ވަނީ ތަކުރާރު ކުރައްވާފައެވެ.

މިގޮތުން ވިދާޅުވީ، ރައީސް މައުމޫނުގެ އަނިޔާވެރިކަމުގައްޔާއި، ބަޣާވާތަކަށް ފަހު، އަދި ރައީސް ޔާމީންގެ އަނިޔާވެރިކަމުގައި ނުސިހި ތިބި އެމްޑީޕީ މެންބަރުންނަށް ބިރު ދެއްކުމަކީ މަލާމާތެއް ކަމަށެވެ. އަދި އެމްޑީޕީ މެންބަރުންނަކީ ބިރަށް ނުސިހޭ، މާ ހިތްވަރުގަދަ އަދި ދުރު ވިސްނޭ ބައެއް ކަމަށް އީވާ ވިދާޅުވިއެވެ.

Ads by HDC
  1. ރިޔާސަތު

    ކެއޮގަނޑު ކަނޑާލީމާ ގަހުގެ ބޭނުންދިއޭތޯ އީވާ؟
    ރމައުމޫނަށް އާދަހުރަސްކޮށް ފުރައްސާރަ ކޮށް ވައްބަހުން އީވާ ތި ތަޅަނީ މިއަދު ތި ކުރާ ވެރިކަމަކީ ރމައުމޫން އެމްޑީޕީއަށް ހޯއްދަވާދެއްވި ވެރިކަމެއްކަން ހަމަ އީވާއަށް ގަބޫލު ނުކުރެވެނީތޯ؟ އެމްޑީޕީ ގޮތްހުސްވެ ބިންގަނޑަށް ތުން ހަރައިގެން ތިއްބާ ރމައުމޫން އެމްޑީޕީ އަތުގާ ހިފައިގެން ތެދުވެ ހޯއްދަވައިދެއްވި ވެރިކަމެއްގާ ރމައުމޫނަށް ފުރައްސާރަ ކުރުމަކީ އީވާމެންގެ ގޮތްފޮތް ނެތިއްޖެ ކަމުގެ އަލިގަދަ ދަލީލެއް،
    ދެން ހުރީ ރމައުމޫން ވެރިކަމައިގެން ބޯގޮވައިގެން ރޔާމީނަށް ޖެއްސުންކޮށް އުނދަގޫކޮށް ޕާޓީތެރެއިން މަޖުލިސް މެމްބަރުން ތަކަކާ އާއްމު މެމްބަރުންތަކަކަށް ފައިސާ ދީގެން ޕީޕީއެމް ބައިބައިކޮށް ރޔާމީންގެ ވެރިކަން ވައްޓާލަން ނުކުންނެވި ކަމުން ވީކަމެއް ހަރާމް ވީހާވެސް ކަމަކީ ރމައުމޫންދެކެ ރައިއްޔަތުންފޫހިވެ ރމައުމޫނަށް ރައިއްޔަތުންކުރި އިހުތިރާމާ ގަދަރު ރައިއްޔަތުންގެ ހިތުން ކެނޑިގެން ދިއުން، އެކަމުގެ އަލިގަދަ ހެއްކެއް އުފެއްދެވި ޕާޓީވެސް މިހާރު އެއޮތީ ނިމުމަކަށް އައިސްފާ، ރމައުމޫނަކީ ގައމަށް ވަފާތެރި ބޭފުޅެއް ނޫން، އެހެންނޫންނަމަ ދުވަހަކުވެސް އެމްޑީޕީގެ ފައިބުޑަކަށް ވެއްޓިވަޑައެއް ނުގަންނަވާނެ، ބައެއްފަހަރު ހިތަށް އަރާ އެމްޑީޕީން ރމައުމޫނާ ބެހޭގޮތުން އެ ދެއްކީ މުޅީންވެސް ތެދުވާހަކަ ތަކެކޭ، ރއީސްމައުމޫނުގެ އަބުރުފުޅަށް ހުތުރުވާ އެތައްވާހައެއް އެމީހުން ގޮވިއިރު އެއީހަމަ ރމައުމޫން ކުރެއްވީކަންތައްތައް ކަމަށް ރމައުމޫން ގަބޫލުފުޅު ކުރައްވާ އެއީހަމަ ތެދެއްކަން ރައިއްޔަތުންގެ ކުރިމަތީގާ ރމައުމޫން އިއުތިރާފު ވީތޯއޭ؟