ޚަބަރު

ނައިބު ރައީސް ފުވައްމުލަކަށް ވަޑައިގެންފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ނައިބު ރައީސް ފައިސަލް ނަސީމް ފުވައްމުލަކަށް ވަޑައިގެންފިއެވެ.

Ads by Sosun Fihaara

ނައިބު ރައީސް ފުވައްމުލައް ސިޓީއަށް ވަޑައިގަތުމުން އެ މަނިކުފާނަށް މަރުޙަބާ ވިދާޅުވީ، ފުވައްމުލައް ސިޓީގެ މޭޔަރާއި އެ ސިޓީއަށް ނިސްބަތްވާ ރައްޔިތުން މަޖިލީހުގެ ބައެއް މެންބަރުންނާއި، މުއައްސަސާތަކުގެ އިސްވެރިންނެވެ.

ނައިބު ރައީސް ފުވައްމުލަކަށް ކުރައްވާ މި ދަތުރުފުޅުގައި އެ ސިޓީގެ ތަރައްޤީއަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތައް ބައްލަވައިލެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވެސް މިއަދު މެންދުރު ފަހު ފުވައްމުލަކަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ ޝަރަފްފައި ފުވައްމުލަކު ރައްޔިތުން ދެއްވާ މާހެފުމެއް ފުވައްމުލަކު ފުޓްބޯޅަ ދަނޑުގައި މިރޭ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!