ޚަބަރު

ޣައްސާން މައުމޫން ހައްޔަރުކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން
"ނޭވާ ހޮޅިޔަށް" ނަމުގައި ކުރިޔަށްގެންދާ ހަރަކާތުގެ ތެރެއިން ޣައްސާން މައުމޫން ވަނީ ހައްޔަރުކޮށްފައި | ފޮޓޯ: ދެން

އިދިކޮޅު ކޯލިޝަނުން މިއަދު މާލޭގައި މިހާރު ހިނގަމުންދާ "ނޭވާހޮޅިއަށް" ސުލްހަވެރި އިހުތިޖާޖުގެ ތެރެއިން ޕީޕީއެމްގެ ނައިބު ރައީސް އަދި ތ. ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫން ހައްޔަރުކޮށްފިއެވެ.

Ads by MWSC

ފުލުހުން ވިދާޅުވީ ޣައްސާން ހައްޔަރުކޮށްފައި ވަނީ ބެރިކޭޑް ފޫއެޅުމުން ކަމަށެވެ. ޣައްސާންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދާއި މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ނަރީޝްގެ އިތުރުން ހޯރަފުށި ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ވެސް ވަނީ ހައްޔަރުކޮށްފައެވެ.

"ނޭވާހޮޅިއަށް" އިހުތިޖާޖު ފެށުނީ 16:00 ގައެވެ. ނަމަވެސް މިހަރަކާތް ފެށުމުގެ ދެގަޑިއިރުގެ ކުރިން ގިނަ އަދަދެއްގެ ފުލުހުން ޕީޕީއެމް އޮފީސް ހުންނަ ސަރަހައްދަށް އެއްވެ އެ ސަރަހައްދަށް ނުވަދެވޭނެހެން މަގުތައް ވަނީ ބަންދުކޮށްފައެވެ.

މި އެއްވުން ނުބޭއްވޭނެ ކަމަށް ފުލުހުން ވަނީ އިއްޔެ އަންގައިފައެވެ. ފުލުހުން ވިދާޅުވީ މި އެއްވުމަކީ ސުލްހަވެރިކަމާ އެކު ، އެއްވެ އުޅުމުގެ ގާނޫނުގެ ދަށުން ބާއްވާ އެއްވުމަކަށް ނުވާތީ މި އެއްވުން ނުބޭއްވުމަށް އިދިކޮޅު ފަރާތްތަކަށް އަންގައިފައިވާ ކަމަށެވެ. މި އެއްވުމުގައި އެއްވެސް ފަރާތަކުން ބައިވެރި ނުވުމަށް ވެސް ފުލުހުން އިލްތިމާސް ކުރައްވައިފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!