ޚަބަރު ސަރުކާރު

ރައީސްގެ ދެކަނބަލުން ފުވައްމުލަކު ނޭޗަރ ޕާކް ބައްލަވައިލައްވައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، އެ މަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ފުވައްމުލައް ސިޓީއަށް ކުރައްވާ ދަތުރުފުޅުގެ ތެރެެއިން، އެ ސިޓީގެ ނޭޗަރ ޕާކަށް ޒިޔާރަތްކުރައްވައި އެ ތަން ބައްލަވައިލައްވައިފިއެވެ.

Ads by STELCO

ރައީސްގެ ދެކަނބަލުން ނޭޗަރ ޕާކަށް ޒިޔާރަތްކުރެއްވުމުން، ސިޓީ ކައުންސިލްގެ ފަރާތުން ވަނީ ނޭޗަރޕާކާއި ބެހޭ މަޢުލޫމާތު އެ އެ ދެކަނބަލުންނަށް ހިއްސާކުރައްވައިފައެވެ.

ނޭޗަރ ޕާކު ތަރައްޤީ ކުރުމަށް މުސްތަޤުބަލުގައި ވިސްނާ ކަންކަމުގެ ތެރޭގައި ޗަސްބިން ތެރޭގައި ވޯކްވޭއެއް ހެދުމާއި ކޮންވެންޝަން ސެންޓަރެއް އަދި ވިޒިޓަރ ސެންޓަރެއް ގާއިމުކުރުން ހިމެނޭކަމަށް ސިޓީ ކައުންސިލުން ރައީސްއާ ހިއްސާކުރެއްވި މަޢުލޫމާތުގެ ތެރޭގައި ހިމެނެއެވެ.

ނޭޗަރ ޕާކަށް ކުރެއްވި މި ޒިޔާރަތުގައި ފުވައްމުލަކު ސިޓީ ކައުންސިލްގެ ފަރާތުން ވަނީ ފުވައްމުލަކުގެ ގުދުރަތީ ކަންކަމާ ގުޅޭ މަޢުލޫމާތު ހިމެނޭ ފޮތެއް ހަދިޔާކުރައްވައިފައެވެ. އަދި ނޭޗަރ ޕާކު ފެންނަ ތަސްވީރެއް ވެސް ރައީސްއަށް ހަދިޔާކުރެއްވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!