ޚަބަރު

މިސަރުކާރުގެ އެންމެ ބޮޑު ތަފާތަކީ އިޖްތިމާޢީ ފޭރާން ރަނގަޅުކުރުމަށް އިސްކަންދޭ މިންވަރު: ނައިބު ރައީސް

ރައުފާ ރަޝީދު ، ދެން އޮންލައިން

ތަރައްޤީގެ މަޝްރޫޢުތަކާ އެކު މި ސަރުކާރުގެ އެންމެ ބޮޑު ތަފާތަކީ ރާއްޖޭގެ އިޖްތިމާޢީ ފޭރާން ރަނގަޅުކުރުމަށް އިސްކަންދޭ މިންވަރުކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އެ މަނިކުފާނު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ފުވައްމުލަކުގެ ރައްޔިތުންނަށް ޚާއްޞަކޮށްގެން ދެއްވި މާހެފުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނައިބުގެ ވާހަކަފުޅުގައިި ފާއިތުވި 3 އަހަރަކީ އިޖްތިމާއީ ދާއިރާއިން ގިނަ މަސައްކަތްތަކެއް ކުރެއްވުމަށް ފުރުޞަތު ލިބިވަޑައިގެންނެވި 3 އަހަރުކަމަށް ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ މަގު ހެދުމާއި ބަނދަރުތައް ތަރައްޤީކުރުން ފަދަ ޢުމްރާނީ ތަރައްޤީގެ މަސައްކަތުގެ އިތުރުން އިޖްތިމާޢީ ފޭރާން ރަނގަޅުކޮށް ހެޔޮލަފާ ޖީލެއް ބިނާކުރުމަށް މި ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާކަމަށެވެ. އެގޮތުން ތަޢުލީމީ އަދި ސިއްޙީ ދާއިރާއިން ވަރަށް ގިނަ ކަންކަން ކުރެވެމުން އަންނަކަން ފާހަގަކުރައްވައި އެ މަނިކުފާނު ވިދާޅުވީ، މަސައްކަތްތެރި ޖީލެއް އުފެއްދުމަށް ޚާއްޞަ އަހަމިއްޔަތެއް ސަރުކާރުންދޭ ކަމަށެވެ.

މީގެ އިތުރުން ނައިބު ރައީސް ވިދާޅުވީ، ކޮވިޑާ ގުޅިގެން ވަރަށް ބޮޑު ގޮންޖެހުންތަކެއް ސަރުކާރުގެ މަޝްރޫޢުތަކަށާއި އިޖްތިމާޢީ ކަންކަމަށް ކުރިމަތިވި ނަމަވެސް އެއްވެސް ކަމަކަށް މަޑުޖެހުމެއް އައިސްފައި ނުވާކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!