ޚަބަރު

ޣައްސާނާއި ސައީދު ޝަރުތުތަކާ އެކު ހައްޔަރުން ދޫކޮށްލައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

އިއްޔެ ހަވީރު ކުރިއަށް ގެންދިޔަ "ނޭވާ ހޮޅިއަށް" އެއްވުމުގެ ތެރެއިން ހައްޔަރު ކުރި ޕީޕީއެމްގެ ނާއިބު ރައީސް އަދި ތ. ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫނާއި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ޝަރުތުތަކާ އެކު ދޫކޮށްލައިފިއެވެ.

Ads by Hajj Corporation

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބުނީ ޣައްސާނާއި ސައީދު ފުލުހުންގެ ހައްޔަރުން ދޫކޮށްފައި ވަނީ ޝަރުތުތަކާ އެކު ކަމަށެވެ. އެގޮތުން އެ ދެ ބޭފުޅުން މިހާރު ދިރިއުޅުއްވާ އެޑްރެސް ބަދަލުވެއްޖެ ނަމަ އެންގެވުމަށާއި ތަހުގީގަށް އެއްބާރުލުން ދެއްވުމަށާއި ފޯން ނަންބަރު ބަދަލުކުރައްވައިފި ނަމަ އެކަން އެންގެވުމަށް ވެސް ވަނީ ޝަރުތުކޮށްފައެވެ.

އިދިކޮޅު ފަރާތްތަކުން އިއްޔެ ބޭއްވި އެއްވުމުގެ ތެެރެއިން 17 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއްވުމުގެ ތެރެއިން ހައްޔަރުކުރި މީހުންގެ ތެރޭގައި މާލޭގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝްގެ އިތުރުން ރައްޔިތުން ހޯރަފުށި ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ވެސް ހިމެނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!