ޚަބަރު ސިޔާސީ

އިންތިގެ ޓީމުން އުޅެނީ ސަރުކާރު ވައްޓައިލާން: މަވޯޓާ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އެމްޑީޕީގެ ޗެއަރޕާސަންކަމުގެ މަޤާމަށް ވާދަ ކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި)ގެ ޓީމުން މަސައްކަތް ކުރަމުން ގެންދަނީ ސަރުކާރު ވައްޓައިލާން ކަމަށް ރައްޔިތުން މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ ޝަރީފް) ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

މަވޯޓާ ޝަރީފް މިހެން ވިދާޅުވީ، މިއަދު އައްޑޫ މަރަދޫ ބަނދަރު ރަސްމީކޮށް ހުޅުވުމަށް ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ޞާލިޙް ވެސް ބައިވެރިވެ ވަޑައިގެންނެވި މި ޖަލްސާގައި މަވޯޓާ ޝަރީފް ވިދާޅުވީ، އެމްޑީޕީ ތެރޭގައި އުޅޭ ބައެއް ފަރާތްތަކުން ސަރުކާރު ވައްޓައިލާން މަސައްކަތް ކުރާ ކަމަށެވެ. އަދި އެ ބަޔަކު ބޭނުން ކުރަމުން ދަނީ ތިލަފަތުގެ ރަމްޒު، މި ޝިއާރު ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ޕާޓީގައި އެބަތިބި ތިލަފަތުގެ ރަމްޒޭ ކިޔާ ބަޔަކު ރައްޔިތުން ބަނޑަށް ޖެހުނަސް ސަރުކާރު ވައްޓައިލާން ބޭނުންވާ." މަވޯޓާ ޝަރީފް ވިދާޅުވީ، ރައީސް ޞާލިޙްގެ ސަރުކާރު ވައްޓައިލިޔަ ނުދެއްވާނެ ކަމަށެވެ.

ތިލަފަތުގެ ރަމްޒަކީ އިންތިގެ ކެންޕެއިން ޝިއާރެކެވެ.

މަވޯޓާ ޝަރީފްގެ ވާހަކަފުޅުގައި ރައީސް ޞާލިޙަށް ވަރަށް ބޮޑަށް ތާއީދު ކުރައްވައި ވާހަކަ ދެއްކެވިއެވެ. މިގޮތުން ވިދާޅުވީ، ކޮވިޑް-19އާ އެކު މުޅި ދުނިޔެ ބަނޑަށް ޖެހުނުއިރު، ރާއްޖެ އެ ހާލަތަށް ނުދިޔައީ ރައީސް ޞާލިޙްގެ ވިސްނުންފުޅުން ކަމަށެވެ. އަދި ޗެއަރޕާސަން ކަމުގެ އިންތިޚާބުގައި އިންތިއާ ވާދަ ކުރައްވާ، އިކޮނިމިކް މިނިސްޓަރު ފައްޔާޒާއި ފިނޭންސް މިނިސްޓަރު އަމީރުގެ މަސައްކަތް މަވޯޓާ ޝަރީފް ފާހަގަ ކުރެއްވިއެވެ.

"އަޅުގަނޑު މަނިކުފާނަށް ތާއީދު ކުރާނަން. އަދި 2023ވަނަ އަހަރު ކުރިމަތިލައިފިއްޔާ ޖާނާއިމާލުން ޤުރުބާންވާނަން. އެއީ ކީއްވެގެންތޯ؟ ރައްޔިތުން ބަނޑަށް ޖެހި މިހިރަ އަވައްޓެރި ޤައުމުތަކުގައި ތިބި މީހުންނަށް ވީގޮތް ނުވޭ. މިކަން ނުވެ ހިފެހެއްޓުނީ މަނިކުފާނާއި ފައްޔާޒް އިސްމާޢީލާއި ފިނޭންސް މިނިސްޓަރު އަމީރުގެ މަސައްކަތުން" މަވޯޓާ ޝަރީފް ވިދާޅުވިއެވެ.

  1. މިސަރުކާރުންް މިގައުމުވިއްކާލަނީތަަ ފެންނަމަންޒަރުންްދޭހަވަނީީ ސިލޯނުންފެންނަަ މަންޒަރުތަކުގެެ ކޮޅުމަތިި