ޚަބަރު

16 އަހަރުގެ ކުއްޖަކު ނިޔާވެފައި އޮއްވާ މާލެއިން ފެނިއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

16 އަހަރުގެ ކުއްޖަކު ނިޔާވެފައި އޮއްވައި މާލެއިން ފެނިއްޖެއެވެ.

Ads by Hajj Corporation

އޮންލައިން ނޫސް "ވަގުތު"ން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ކުއްޖާ ނިޔާވެފައި އޮއްވައި ފެނުނީ މިރޭގެ ވަގުތެއްގައި އެކުއްޖާގެ ނިދާ ކޮޓަރީގައެވެ.

މިކަމާ ގުޅޭ ގޮތުން ފުލުހުން ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

މައުލޫމާތު އެނގޭ ފަރާތަކާ ހަވާލާ ދެމުން، އެ ނޫހުން ރިޕޯޓްކޮށްފައި ވަނީ އެ ކުއްޖާއަށް ސިއްހީ މައްސަލައެއް ދިމާވެގެން ފަރުވާ ހޯދަމުން އަންނަތާ ދުވަސްތަކެއް ވެއްޖެ ކަމަށެވެ.

Ads by Allied Insurance
  1. ރެއްކަބޭ

    ކޮންމެ އިންސާނަކީވެސް މަރާކުރިވާނެބައެއް. މަރުވާ އެންމެންގެ ވާހަކަ ތިޔަގޮތަށް ނޫސްތަކުގައި ލިޔެ ހެދުމަކީ މައްޔިތާ އަށާއި އެ މައްޔިތާގެ އާއިލާއަށް ދެވޭ ވަރަށް ބޮޑުގެއްލުމެއް އަދި ވަރަށް ލަދުވެތިވެސް ކަމެއް. ކޮންމެ މައްޔިތަކަށްވެސް އިހުތިރާމު ކުރަން ނޫސްތަކުގައި އެވާހަކަތައް ލިޔުމަކީ ވަރަށް ބޭއަދަބީ ކަމެއްކަމުގައި ދެކެން.

  2. މުސަޅު

    ސޯޅަ އަހަރުގެ ކުއްޖެއް އަމިލައަށް މަރުވުން މީީ މުޅި ގައުމު ނަފްސާނީ ބަލިތަކަށް ހޭލުން ތެރިވެ ގައުމުގައި ނަފަސާނީީ ޑޮކްޓަރުން ގިނަކުރަން ޖެހޭ ކަމުގެ އިންޒާރެއް! މުޅި ގައުމުގެ ވެސް އިހުމާލް، ސަރުކާރުގެ ވެސް އިހުމާލް!

    • ޒުލްފިޣާރު

      ނަފްސާނީ ވަނީ ފަސްވަގުތު ނަމާދު ނުކުރާތީ އިސްލާމްދީނާ ފެޔައް ޖެހޭތީ އެކަމުގެ ހައްލަކީ ޑޮކްޓަރާ ޑޮކްޓަރީ ބޭހެއްނޫން އެކަމުގެ ހައްލަކީ އިސްލާމްދީނައް ތަރުބީޔަތު ކުރާނެ ތަރުބަވެރިން ތަކެށް ތިބުން އޭގެ ތެރޭގަ ރައްޔިތުންނަށް އިސްލާމީ ރީތި އަޚްލާގުން ނަމޫނާ ދައްކާ ރައްޔިތުން ތަރުބީޔަތު ކުރާނެ ވެރިން ތިބުން ދަރިންނަ އިސްލާމީ ރީތި އަޚްލާގުން ނަމޫނާ ދައްކާނެ މައިންބަފައިން ތިބުން އޭރަކުން ނަފްސާނީ ވާ ބަޔަކުނުތިބޭނެ ބައްޔެކޭ ކިޔާގެން މީހުންގެ ސިކުނޑިތަކަށް ބަޔަކު ވައްދާ ބަސްތަކެށް ނަފްސާނީ ބައްޔަކީ ހަގީގަތަކީ އިސްލާމްދީނުގަ އަންގަވާފައި ވާ ފަރުލު އަޅުކަންތައް އޭގެ ވަގުތުގަ ކުރާނަމަ މީހާ ހިތްނުތަނަވަސް ވެގެން ނޫޅޭނެ ކަން

      • މަރިޔަމް

        ބޭފުޅާ ތި ދައްކަވަނީ މުޅިޔަކުން ރަނގޅު ވާހަކައްނޫން .. ނަފްސާނީ ބައްޔަކީ އީމާންތެރިކަން ކުޑަވެގެން ވާކަމެއްނޫން .. އެކަހަލަ ކަމެއް ދިމާވީމަ ކޮންމެ މީހަކަށްވެސް އިހްސާސް ކުރެވޭނީ ކިހާވަރެއްގެ ކަމެއްކަން ނަފްސާނީބައްޔަކީ ..