ޚަބަރު ސިޔާސީ

މި ސަރުކާރު ، ރައްޔިތުންގެ އިތުރުން އެމްޑީޕީއަށް ވެސް މުސީބާތަކަށް ވެއްޖެ: ޖަމީލް

ރައުފާ ރަޝީދު ، ދެން އޮންލައިން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރު ، ރައްޔިތުންގެ އިތުރުން އެމްޑީޕީއަށް ވެސް މުސީބާތަކަށް ވެފައިވާ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

Ads by MWSC

ޖަމީލް މިފަދައިން ވިދާޅުވީ އަންނަ މެއި މަހު އޮންނަ އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބާ ގުޅިގެން އެމްޑީޕީގެ އެތެރޭގައި ވަރަށް ބޮޑަށް ބައިބައިވުން އުފެދިފައިވާ ދަނޑިވަޅެއްގައެވެ. އެ އިންތިޚާބުގެ ކެމްޕޭނުގައި ދެ ކެނޑިޑޭޓުންނަށް ތާއީދުކުރާ ފަރާތްތަކުގެ މެދުގައި ބަހުގެ ހޫނު ހަމަލާތައް ދަނީ ދެމުންނެވެ.

ޖަމީލް ވިދާޅުވީ ވައްކަމާއި ކޮރަޕްޝަން އިންތިހާއަށް ގޮސްފައިވާ ރައީސް ޞާލިޙްގެ ސަރުކާރު ރައްޔިތުންގެ އިތުރުން އެމްޑީޕީއަށް ވެސް މުސީބާތަކަށް ވެފައިވާ ކަމަށެވެ. އަދި މި ސަރުކާރުގެ ރަމްޒަކީ ވައްކަން ކަމަށާއި ވައްކަން ނުކުރާ ކޮންމެ މީހަކު އެމްޑީޕީއިން ބާކީކުރަން ރައީސް ޞާލިޙްގެ ޓީމުން މަސައްކަތްކުރަމުންދާ ކަމަށެވެ.

ސަރުކާރު ހިންގާ މައި ކޯލިޝަން އެމްޑީޕީ ޗެއާޕާސަންގެ މި އިންތިހާބު ގިނަ ބަޔަކު ސިފަކުރަނީ އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ތާއީދު އޮތް މިންވަރު ވަޒަންކޮށްލެވޭނެ އިންތިހާބެއްގެ ގޮތުގައެވެ.

Ads by HDC
  1. ހޮކަންޑޭ

    މެމް.ޑީ.ޕީ މީހުންނަކީ ރަތްޔިތުންނެއް ނޫނެކޭތަ ތިބުނަނީ

  2. އިއްބެ

    ޑރ.ޖަމީލަށްމުސީބާތަކަށްނުވާއެއްވެސްވެރިއަކުއެބަހުރިތަ

  3. ބޭބެ

    ތިޔައީ 2ފުށްކެރި
    ނޫކޯޓްލާފަ ބުނަނީ ޔާ މީނު ވަގެކޭ
    ކަޅުކޯޓްލާފަ ބުނަނީ އެއީހުދުފޮތިން ހަދާފަހުރި އަލިފެކޭ!!!!!!!