ޚަބަރު

ކާމިޔާބީ ފާހަގަ ކުރަން ރައީސް ޔާމީން ކުރެންދުއަށް ވަޑައިގަންނަވަނީ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ޅ. ކުރެންދޫ ކައުންސިލުގެ ރައީސް ހޮވުމުގެ އިންތިހާބު އިދިކޮޅު ޕީޕީއެމްގެ ކެނޑިޑޭޓް އިސްމާއިލް މަދީހް ކާމިިޔާބު ކުރެއްވުމުން، އެ ޕާޓީއަށް ލިބުނު ކާމިޔާބީ ފާހަގަ ކުރެއްވުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް މިއަދު ކުރެންދުއަށް ވަޑައިގަތުމަށް ނިންމައިފިއެވެ.

Ads by STELCO

އިދިކޮޅު ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު "ދެން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކުރެންދޫ ކައުންސިލުގެ ރައީސްކަން މަދީހް ކާމިޔާބު ކުރުމާ ގުޅިގެން މިރޭ އެ ރަށުގައި ބާއްވާ ޖަލްސާއެއްގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާނެ ކަމަށާއި، އެގޮތުން މިއަދު ހަވީރު އެ ރަށަށް ވަޑައިގަންނަވާނެ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ޔާމީން އަރިހު މި ދަތުރުފުޅުގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ބައެއް ބައެއް އިސްވެރިން ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.

ކުރެންދޫ ކައުންސިލު ރައީސަކު ހޮވުމަށް ބޭއްވި އިންތިހާބުގައި ވާދަކުރެއްވީ ޕީޕީއެމްގެ ފަރާތުން މަދީހާއި އެމްޑީޕީގެ ފަރާތުން އަލީ ނަސީމެވެ. މިއިންތިހާބުގައި ނަސީމަށް 564 ވޯޓު ލިބިވަޑައިގެންނެވިއިރު މަދީހަށް ލިބިވަޑައިގަތީ 614 ވޯޓެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!