ޚަބަރު ރައްޔިތުންގެ މަޖިލިސް

އަންނަ އަހަރުގެ ސްޕޯޓްސް އެވޯޑް ސްޕޮންސާކުރަން ބޮޑެތި އެއާލައިންތަކުން ބޭނުންވޭ: މަހްލޫފް

ރައުފާ ރަޝީދު ، ދެން އޮންލައިން

މޯލްޑިވްސް ސްޕޯޓްސް އެވޯޑުގައި އަންނަ އަހަރު ބައިވެރިވުމަށް ދުނިޔޭގެ ބޮޑެތި އެއާލައިންތަކުން މިހާރު ވެސް ޝައުގުވެރިކަން ފާޅުކުރަމުން އަންނަ ކަމަށާއި، އެވޯޑް ސްޕޮންސާ ކުރަން އެ ފަރާތްތަކުން ބޭނުންވާ ކަމަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

Ads by MWSC

މިނިސްޓަރ މިފަދައިން ވިދާޅުވީ މިއަދުގެ މަޖިލިސް ޖަލްސާގައި، މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މަހުލޫފް ވިދާޅުވީ އެ އެވޯޑު ބޭއްވުމުން އެކި ފަރާތްތަކުގެ ކޮމެންޓުތައް ލިބުނު ކަމަށެވެ. އަދި އެކަމާ ގުޅިގެން ގިނަ ބައެއްގެ ސުވާލުތައް އަމާޒުވަނީ އެ އެވޯޑު ބޮޑުކޮށް ތަފާތުކޮށް ބޭއްވުމުން ކަމަށް މަހުލޫފު ވިދާޅުވިއެވެ.

"އަޅުގަނޑަށް ހީވަނީ ވަރަށް ތަފާތު ވަރަށް ބޮޑު، މީހުންނަށް ޤަބޫލުކުރަން ދަތި ކަމެއް އަޅުގަނޑުމެން ކުރީމައި ކިހިނެއްތޯ ވެގެން މިއުޅެނީ އަސްލު ބަލަން ބޭނުންވެގެން މިއުޅެނީ" މަހުލޫފު ވިދާޅުވިއެވެ.

މަހްލޫފް ވިދާޅުވީ މިހާރު ބޮޑެތި ބައެއް އެއާލައިންތަކުން އަންނަ އަހަރުގެ ސްޕޯޓްސް އެވޯޑަށް ސްޕޮންސާ ދިނުމަށް ހުށަހަޅަމުން އަންނަ ކަމަށާއި ކުރިޔަށް އޮތް ހަފްތާގައި އަންނަ އަހަރުގެ އެވޯޑުގެ ސްޕޮންސަރަކަށް ކްރޮސް ރޯޑްސްއާ އެކު ސޮއިކުރަން ތައްޔާރުވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!