ޚަބަރު

106ވަނަ ރަށުން ފައްޔާޒްގެ ބަސް: އައު މީހެއް ޓެސްޓްކޮށްލައްވާ! ތަފާތު ދައްކާނަން!

މުޙައްމަދު އަރީޙް ، ދެން އޮންލައިން

(ލ. ގަމުން) އަންނަ މެއި މަހު 14ވަނަ ދުވަހު އޮންނަ އެމްޑީޕީގެ ޗެއަރޕާސަން ހޮވުމަށް ބާއްވާ އިންތިޚާބުގައި ވޯޓު ދެއްވަންވީ އައު މީހަކަށް ކަމަށާއި، މިފަހަރު އައު މީހަކު ޓެސްޓްކޮށްލަން، އެ އިންތިޚާބުގައި ވާދަކުރައްވާ މި ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލަށް ވޯޓު ދެއްވުމަށް އެ މަނިކުފާނު ގޮވައިލައްވައިފިއެވެ.

Ads by STELCO

ޗެއަރޕާސަންކަމުގެ އިންތިޚާބުގައި ތާއީދު ހޯދުމުގެ ގޮތުން ފައްޔާޒް ކުރައްވާ ދަތުރުގެ ތެރެއިން މި ވަގުތު ހުންނެވީ ހައްދުންމަތީގައެވެ. ތާއީދު ހޯދުމަށް ކުރައްވާ ދަތުރުގެ ތެރެއިން 106 ވަނަ ރަށް، ލ. ގަމަށް ވަޑައިގެން "ދެން"އަށް ދެއްވި އިންޓަރވިއުއެއްގައި ފައްޔާޒް ވިދާޅުވީ، މި އިންތިޚާބުގައި އެމަނިކުފާނާ ވާދަ ކުރައްވާ ފަރާތުގެ ޓީމުގައި ހިމެނޭ ފަރާތްތަކަކީ މިދިޔަ 16 އަހަރު ވެސް އެމްޑީޕީގެ ލީޑަރޝިޕްގައި ތިއްބެވި ބޭފުޅުން ކަމަށެވެ.

"އަޅުގަނޑު މި ދައްކާ ވާހަކައަށް ފުރުސަތު ދެއްވާށޭ. އަޅުގަނޑާ ވާދަ ކުރައްވާ ކެނޑިޑޭޓުންނަކީ މިދިޔަ 16 އަހަރު ޕާޓީއާ ހަވާލުވެ ތިއްބެވި ބޭފުޅުންނޭ. އެހެންވީމަ، އާ މީހަކު ޓެސްޓްކޮށްލާށޭ، އެ ތަފާތު އަޅުގަނޑު ދައްކާނަމޭ." ފައްޔާޒް ވިދާޅުވީ، އެ މަނިކުފާނު ދަތުރު ކުރެއްވި ހުރިހާ ރަށަކުން ވެސް ޕާޓީ ނުހިނގާ ކަމުގެ ޝަކުވާ ލިބޭ ކަމަށާއި ޕާޓީގެ މެންބަރުން ބޭނުން ވަނީ ސަރުކާރާ އެކީގައި ޕާޓީ ހިންގާލަން ކަމަށެވެ.

އަޅުގަނޑަށް ހަމަ ހުރިހައި ރަށަކުން ވެސް އެމްޑީޕީ މެންބަރުންގެ ކިބައިން ފާހަގަވި ކަމަކީ ޕާޓީގެ އެކްޓިވިޓީސް ނުހިނގާކަން.

ފައްޔާޒް އިތުރަށް ވިދާޅުވީ، އެމަނިކުފާނު ޗެއަރޕާސަންގެ މަޤާމަށް އިންތިޚާބުވެއްޖެ ނަމަ މަސައްކަތް ކުރައްވާނީ ހުރިހާ ރަށެއްގައި ތިބި މެންބަރުންނާ ގުޅިގެން ޕާޓީގެ ކަންކަން ކުރިއަރުވަން ކަމަށެވެ. އަދި އަތޮޅު ތެރޭގެ ރަށްތަކުގައި ހުރި މައްސަލަތައް ދެނެގަނެ މައްސަލަ ހައްލު ކުރަން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ރަށްރަށުގައްޔާއި މާލޭގައި ވެސް ޕާޓީގެ މެންބަރުންނާއި ޕާޓީއާ އޮތް ގުޅުން ބަދަހި ކުރުން. ހަމައެއާ އެކީ، ޚާއްސަކޮށް ރަށްރަށުގައި ހުރި މައްސަލަތައް ހޯދުން. އެކަންކަމުގެ ތެރެއިން، އަޅުގަނޑުމެން ސަރުކާރުގެ ތެރެއިންނާ ވެސް އެއްކޮށް، އެ ރަށްރަށުގައި ސަރުކާރަށް އޮތް ތާއީދާއި، ޕާޓީއަށް ތާއީދު އިތުރު ކުރުމަށް ކަންކަން ކުރުން

ތުހުމަތުތައް ކުރަނީ އަބުރު ކަތިލައި، ނުބައި ތަސައްވަރެއް ގާއިމްކުރަން

ފައްޔާޒްގެ ކެންޕެއިންގައި ސަރުކާރާއި ސަރުކާރުގެ ކުންފުނިތަކުގެ ވަސީލަތްތައް ބޭނުން ކުރަމުންދާ ކަމަށް އިދިކޮޅު ކެނޑިޑޭޓަށް ސަޕޯޓް ކުރައްވާ ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް ފައްޔާޒް ވަނީ ރައްދު ދެއްވައިފައެވެ

މިގޮތުން ވިދާޅުވީ، އެ މަނިކުފާނުގެ ކެންޕެއިންގައި މަސައްކަތް ކުރާ ފަރާތްތަކަކީ މަޖުބޫރުން އައިސް ތިބި ބައެއް ނޫން ކަމަށާއި އެއްވެސް ކުންފުންޏަކުން ކެންޕެއިންގައި ބައިވެރިވުމަށް މަޖުބޫރު ނުކުރާނެ ކަަމަށެވެ އަދި އިދިކޮޅު ކެނޑިޑޭޓުގެ ކެންޕެއިން ޓީމުގައި ވެސް ކުންފުނިތަކުގެ މުވައްޒިފުންނާއި ސިޔާސީ މަޤާމުތަކުގައި ތިބި ފަރާތްތަކާއި، އަދި ޚުދު ފައްޔާޒުގެ މިނިސްޓްރީގައި މަސައްކަތް ކުރާ ފަރާތްތައް ބައިވެރިވަމުންދާކަން ފާހަގަ ކުރެއްވިއެވެ. އަދި ވިދާޅުވީ އެ ފަރާތްތަކަށް ހުރަސް ނާޅުއްވާ ކަމަށެވެ.

މުވައްޒިފުންނަށް ބިރު ދައްކާ ވާހަކައާއި، ވަސީލަތްތައް ބޭނުން ކުރާ ވާހަކަ ދެކެވެނީ ކީއްވެތޯ ސުވާލު ކުރުމުން ފައްޔާޒް ވިދާޅުވީ، އެ ފަދަ ވާހަކަތައް ދެކެވެނީ، މި އިންތިޚާބުގެ ނަތީޖާ ސާފުވުމުން ކަމަށެވެ. އަދި މިފަދަ ވާހަކަތައް ދައްކަނީ، އެ މަނިކުފާނުގެ އަބުލު ކަތިލައި އޭނާއާ މެދު ނުބައި ތަސައްވުރެއް އުފެއްދެވުމަށް ކަމަށް ތުހުމަތު ކުރެއްވިއެވެ.

އެކިއެކި ވާހަކަ ދައްކަނީ އެ ބޭފުޅުންނަށް ވެސް އެބައެނގޭ މިކަން އޮތް ގޮތް އަޅުގަނޑުގެ އަބުރު ކަތިލައި މިކަމުގައި މީގެ ތެރޭގައި ނުބައި ތަޞައްވުރެއް ޤާއިމް ކުރަން ކުރާ ކަމެއް އެއީ

ފައްޔާޒް އިތުރަށް ވިދާޅުވީ، އެމަނިކުފާނަކީ މި ސަރުކާރުގެ ވަޒީރަކަށް ވީތީ، އޭނާގެ ކެންޕެއިނާއި ސަރުކާރާ ގުޅުވިދާނެ ކަމަށެވެ ނަމަވެސް އެއީ އެމަނިކުފާނު ބައްލަވާކަމެއް ނޫން ކަމަށާއި، ކެންޕެއިނާ ގުޅޭ ކޮންމެ ފަރާތަކަށް މަރުހަބާ ވިދާޅުވާނެކަމަށް ފައްޔާޒް ވިދާޅުވިއެވެ.

Ads by Allied Insurance
  1. ބުރާބެ

    އެންސިސްގަ އުޅުނު މީހުން އެކިޔަނީ ތިއަވާހަކަ