ބޮލީވުޑް

ނިކް އަދި ޕްރިޔަންކާގެ ދަރިފުޅަށް އަދި ވެސް ނަމެއް ނުދޭ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
Priyanka Chopra, left, and Nick Jonas arrive at the 62nd annual Grammy Awards at the Staples Center on Sunday, Jan. 26, 2020, in Los Angeles. (Photo by Jordan Strauss/Invision/AP)

ބޮލީވުޑްގެ ތަރި ޕްރިޔަންކާ ޗޯޕްރާއާއި އެމެރިކާގެ ލަވަކިޔުންތެރިޔާ ނިކް ޖޯނަސްއަށް ސަރޮގޭޓް މެދުވެރިކޮށް ލިބުނު ދަރިފުޅަށް އަދިވެސް ނަމެއް ދީފައި ނުވާ ކަމަށް ރިޕޯޓްކޮށްފިއެވެ.

Ads by MWSC

ބްލީވުޑްގެ ޚަބަރުތައް ގެނެސްދޭ ނޫހެއް ކަމަށްވާ ކޭންޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ކުއްޖާ ލިބުނުތާ ދެ މަހަށް ވުރެ ގިނަ ދުވަސް ވެފައިވާ އިރު ވެސް، ކުއްޖާއަށް ނަމެއް ދީފައި ނުވަނީ، ކަމުދާ ނަމެއް ނުލިބިގެންނެވެ.

"ޕްރިޔަންކާއަށް ކަމުދާ ނަމެއް ނުލިބިގެން އަދިވެސް ނަމެއް ނުކިޔާ. ޕްރިޔަންކާ ބޭނުން ވަނީ އެމެރިކާ އަދި ހިންދީ ފީލް އަންނަ ނަމެއް. ވަރަށް ގިނަ ނަންނަން ދީފި އާއިލާ މީހުންނާއި އެކުވެރިން" ނަން ހާމަ ނުކުރުމަށް އެދި ޕްރިޔަންކާގެ ގާތް ފަރާތަކުން އެ ނޫހަށް ބުންޏެވެ.

ޕްރިޔަންކާގެ ދަރިފުޅަށް ނަމެއް ދީފައި ނުވާއިރު، ކުއްޖަކު ލިބުނުކަން ހާމަކޮށްފައި ވަނީ، ދަރިފުޅު ލިބުނުތާ ހަފްތާއެއް ފަހުންނެވެ. އަދި ލިބިފައި ވަނީ އަންހެން ކުއްޖެއް ކަމެއް، ނޫނީ ފިރިހެން ކުއްޖެއް ކަމެއް ވެސް ހާމަކޮށްފައެއް ނުވެއެވެ. ދެ މީހުންނަށް ލިބިފައި ވަނީ އަންހެން ކުއްޖެއްކަން ހާމަކޮށްފައި ވަނީ ޕްރިޔަންކާގެ ކަޒިންއެއް ކަމަށްވާ މީރާ ޗޯޕްރާއެވެ.

ނިކްއާއި ޕްރިޔަންކާ ކަައިވެނިކޮށްފައި ވަނީ 2018ވަނަ އަހަރު ޑިސެންބަރު މަހުއެވެ.

ޕްރިޔަންކާ މިހާރު ވެސް ދަނީ ފިލްމީ ދާއިރާގެ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އޭނާ ދެން އެންމެ އަވަހަށް ފެނިގެންދާނީ ރިޗަޑް މަޑެންއާ އެކު "ސިޓަޑެލް" އިންނެވެ. އަދި ފަރްހާން އަޚްތަރު ޑައިރެކްޓްކުރާ "ޖީއީ ލެ ޒާރާ"އިން ވެސް ފެންނާނެއެވެ. ބޮލީވުޑްގައި ޕްރިޔަންކާ އެންމެ ފަހުން ފެނިފައި ވަނީ، 2019ވަނަ އަހަރު ރިލީޒްކުރި ފިލްމު "ދަ ސްކައި އިޒް ޕިންކް" އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!