ރާއްޖޭގައި ދީނީ ކަންކަން ކުރުމުގައި ދިމާވާ ގޮންޖެހުންތައް އިތުރުވެފައިވާކަމަށް އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް، ޕީޕީއެމްއާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސް، ޕީއެންސީއިން ބުނެފިއެވެ.
ރަމަޟާން މަހުގެ ތަހުނިޔާ ފޮނުވައި އިދިކޮޅު ކޯލިޝަނުން ހޮނިހިރު ދުވަހު ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި އިދިކޮޅުން ވަނީ ދީނީ ކަންކަން ކުރުމުގައި ދިވެހިންނަށް ދިމާވެފައިވާ ގޮންޖެހުންތަކަށް އަލިއަޅުވައިލައިފައެވެ.
އެގޮތުން ބަޔާނުގައި ބުނީ ރަމަޟާން މަސް ބައްދަލުވެފައިވާއިރު، ގައުމު އޮތީ ވަރަށް ބޮޑު ނުރައްކަލެއްގެ ތެރޭގައި ކަމަށެވެ. އެންމެ ފުރަތަމަ ފާހަގަކޮށްފައި ވަނީ ގައުމުގެ މިނިވަންކަމާއި އިސްތިގުލާލަށް ގެއްލުންވާ ހިސާބުގައި ކަންކަން އޮތްކަމެވެ. އަދި އިގްތިޞާދީ ގޮތުން ވެސް ރާއްޖެ އެތައް ގުނައެއް ފަހަތަށް ޖެހިފައިވާކަން ބަޔާނުގައި ފާހަގަކުރިއެވެ.
ދީނީ ކަންކަމުގައި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަން އިދިކޮޅުން ފާހަގަކޮށްފައި މިވަނީ ސަލްމާން މިސްކިތުގައި ކަރަންޓު ނެތި، ހޮނިހިރު ދުވަހު ފަތިސް ނަމާދު ކޮށްފައި ވަނިކޮށެވެ. ހުކުރު ދުވަހުގެ ހުކުރު ނަމާދުން ފެށިގެން ނަމާދު ކުރަން ފެށި ސަލްމާން މިސްކިތުގައި ކަރަންޓު ނެތްކަން ކަށަވަރުކޮށްދެމުން އިސްލާމިކް މިނިސްޓްރީން ބުނީ އެމިސްކިތުގެ ބޮކިތައް ދިއްލަން ޖެހެނީ ކޮމްޕިއުޓަރެއް މެދުވެރިކޮށް ކަމަށެވެ. އަދި އެކޮމްޕިއުޓަރު ހުރި ކޮންޓްރޯލް ރޫމު ނުހުޅުވި ހުރުމުން ބޮކިތައް ނުދިއްލި ހުރީކަމަށް މިނިސްޓްރީން ބުންޏެވެ.
އިދިކޮޅުން ނެރުނު ބަޔާނުގައި ވަނީ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ހުރިހާ ދިވެހިންނަށާއި މުސްލިމުންނަށް ރަމަޟާން މަހުގެ ތަހުނިޔާ ފޮނުވައިފައެވެ. އަދި މިރަމަޟާން މަހުގެ ދުވަސްތައް ހެޔޮގޮތުގައި ހޭދަކުރުމަށް ވެސް އިދިކޮޅުން ވަނީ އިލްތިމާސްކޮށްފައެވެ.
ރަމަޟާން މަހާ ދިމާކޮށް މާލޭގެ މިސްކިތްތައް މަރާމާތު ކުރުމަށް ޓަކައި ބޭނުންވާ ފައިސާއަށް ސަރުކާރުގައި އެދުމުން އެކަން ހަމަޖައްސައިދީފައި ނުވާކަމަށް މީގެ ކުރިން މާލެ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ. އެހެން ނަމަވެސް އެކައުންސިލުން ފައިސާ ހޯދައި މިސްކިތްތަކުގެ މަރާމާތު މަސައްކަތް ވަނީ ރަމަޟާން މަހުގެ ކުރިން ނިންމައިފައެވެ.
ބަލަގަ
ރައްޔިތުން ގުބޯ ނުހެއްދުނީމަ ދީން ތިނެރެނީ
ތީ ކަލޭމެންގެ ވިސްނުން
ރައްޔިތުން ތިބީ ހަމަޖެހިގެން
ސޯ އަހަރެމެން މަޑުން ތިބިޔަދީ