ރެސިޕީ

ދެން ރެސިޕީ | ބްރެޑް ޕިއްޒާ

ރައުފާ ރަޝީދު ، ދެން އޮންލައިން

މިއީ މިހާރަކަށް އައިސް ވަރަށް ގިނައިން މީހުން ތައްޔާރު ކުރާ ކާއެއްޗެކެވެ. ބްރެޑް ޕިއްޒާ ތައްޔާރު ކުރަން ނަގާނީ ގާތްގަޑަކަށް 15ވަރަކަށް މިނެޓެވެ.

Ads by WAMCO

ބޭނުންވާ ތަކެތި:

5 ޕާން ފޮތި ( ބޮޑު )

5 ފޮތި ޗީޒް

1 މޭޒުމަތީ ސަމްސާ ބަޓަރު

1 ފިޔާ (ކުދިކޮށް ކޮށާފައި)

މިރުސް (ކުޅި ކުރަން ބޭނުންވާ ވަރަށް)

1 މަސްދަޅު

1 ރޯ ޓޮމާޓޯ (ސްލައިސްކޮށް ކޮށާފައި)

1 ސަމްސާ ޓޮމާޓޯ ޕޭސްޓް

2 މޭޒުމަތީ ސަމުސާ ކުދިކޮށް ކޮށާފައި ހުރި ބެލް ޕެޕަރ

2 މޭޒުމަތީ ސަމްސާ ޕިއްޒާ ސޯސް

ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ ޕާން ފޮތިތަކުގައި ބަޓަރު ހާކާލާށެވެ. ތަވައެއް ހޫނު ކޮށްފައި ބަޓަރު އުނގުޅި ފަޅި އަޑިއަށް ވާގޮތަށް ޕާން ފޮތިތައް ބާއްވައިގެން މުށިކުލަ އަރާލަންދެން ޓޯސްޓް ކޮށްލާށެވެ. މުށިކުލަ އެރުމުން ނަގައިލާށެވެ.

ތަވަޔަކަށް ތެޔޮ އަޅައި ހޫނުވުމުން ފިޔާ، މިރުސް، ބެލް ޕެޕަރ އަޅައި ފިޔާ ރަތް ވަންދެން ރަނގަޅަށް ކައްކާލާށެވެ. އެއަށް ފަހު މަހާއި ޓޮމާޓޯ ޕޭސްޓް އަޅާލާށެވެ. ރަނގަޅަށް ކެކުމުން ނަގާލާށެވެ.

ކުރިން ތައްޔާރު ކުރި ޕާން ފޮތި ތަކުގެ އެއްފަޅީގައި ޕިއްޒާ ސޯސް އުނގުޅާލުމަށް ފަހު އޭގެ މަތީގައި މަސްގަނޑު އަތުރާލާށެވެ. އެއަށް ފަހު ރޯ ޓޮމާޓޯ ވެސް އަތުރާލާށެވެ. އޭގެ މައްޗަށް ސްލައިސްޗީޒް ފޮއްޗެއް ބާއްވާލާށެވެ. އަވަން ހޫނު ކުރުމަށް ފަހު ޗީޒް ދިޔާ ވަންދެން ފިހާށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!