ދުނިޔެ

ދެ އަހަރު ފަހުން ރޯދަ މަހާ ދިމާކޮށް އީރާންގެ ސްކޫލުތަކާއި ޔުނިވަރސިޓީތައް ހުޅުވައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އީރާނުގައި ކޮވިޑް-19އާ ގުޅިގެން މީގެ ދެ އަހަރު ކުރިން ކިޔެވުން މެދު ކަނޑައިލި، ސްކޫލުތަކާއި ޔުނިވަރސިޓީތަކުގެ ކިޔެވުން އަލުން ފަށައިފިއެވެ.

Ads by Sosun Fihaara

އީރާނުގައި ރަމަޟާން މަސް ފެށުމާ ދިމާކޮށް އާދީއްތަ ދުވަހުން ފެށިގެން، ދަރިވަރުންނާއި މުދައްރިސުންނަށް ސްކޫލަށް ހާޒިރުވެގެން ކްލާސްތައް ކުރިޔަށް ގެންދިއުމަށް ވަނީ އަންގައިފައެވެ. މީގެ ކުރިން ކްލާސްތައް ކުރިޔަށް ގެންގޮސްފައި ވަނީ އޮންލައިންކޮށެވެ.

ކޮވިޑް-19އާ އެކު، 2020ވަނަ އަހަރު ފެބްރުއަރީ މަހުން ފެށިގެން ކްލާހަށް ހާޒިރުވެގެން ކިޔަވައިދިނުން އީރާނުގައި ވަނީ މަނާކޮށްފައެވެ.

އާދީއްތަ ދުވަހު އެ ގައުމުގެ ސްކޫލުތައް ހުޅުވައިލުމާ އެކު އެ މަންޒަރުތައް ވަނީ ދައުލަތުގެ ޓީވީން ދައްކައިފައެވެ. އަދިވެސް އެ ޤައުމުގައި ދަރިވަރުން ކިޔަވަން ޖެނީ މާސްކު އަޅައިގެންނެވެ. އަދި ގައިދުރުކަން ބަހައްޓަން ޖެހެއެވެ.

ދަރިވަރުންނާއި ޓީޗަރުން ސްކޫލަށް ހާޒިރުވެގެން ކިޔެވުމަށް ބާރު އެޅުމަށް އެ ޤައުމުގައި މެޓްރޯއާއި ބަސް ހެނދުނު 9 ޖަހަންދެން ހިލޭ ދަތުރު ކުރެވޭ ގޮތަށް ވަނީ ހަދައިފައެވެ.

ވެކްސިން ފުރިހަމަކޮށްފައި ވުމަކީ، ދަރިވަރުންނާއި މުދައްރިސުންނަށް ކްލާސްތަކަށް ހާޒިރުވުމުގެ ޝަރުތެކެވެ. އަދި ބަލި ޖެހިފައިވާ ދަރިވަރުންނާއި ބަލި ޖެހުމުން ބޮޑުވާ ވަރުގެ ބައްޔެއް ހުރި ދަރިވަރުން ކްލާހަށް ހާޒިވާން ނުޖެހެއެވެ.

ދުނިޔޭޣެ ގިނަ ޤައުމުތަކުގައި މާސްކް އެޅުން މިހާރު މަޖުބޫރު ނޫންކަން ފާހަގަކޮށްލެވެއެވެ.

އީރާނުގައި މިހާރު ވެސް ދުވާލެއްގެ މައްޗަށް 3،000އަށް ވުރެ ގިނަ މީހުން ކޮވިޑަށް ފައްސިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!