ދުނިޔެ

ބޮޑު ވަޒީރުގެ އެންގުމަކަށް ޕާކިސްތާނުގެ ޤާނޫނު ހަދާ މަޖިލިސް އުވައިލައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕާކިސްތާނުގެ ޤާނޫނު ހަދާ މަޖިލިސް އުވާލައިފިއެވެ.

Ads by Sosun Fihaara

ޕާކިސްތާނުގެ ޤާނޫނު ހަދާ މަޖިލިސް އުވާލެއްވީ ޕާކިސްތާނުގެ ރައީސް ޑޮކްޓަރ އާރިފް އަލްވީ، ބޮޑުވަޒީރު އިމްރާން ޚާންގެ ލަފާގެ މަތިންނެވެ. ޤާނޫނު ހަދާ މަޖިލިސް އުވައިލައްވައިފައި ވަނީ ބޮޑު ވަޒީރު އިމްރާން ޚާންގެ އިތުބާރު ނެތް ކަމުގެ ޤަރާރެއް މަޖިލީހަށް ވައްދައިފައިވާ ދަނޑިވަޅެއްގައެވެ.

އިތުބާރު ނެތްކަމުގެ ގަރާރަކީ ގާނޫނު އަސާސީއާ ހިލާފު ގަރާރެއް ކަމަށް ކަނޑައަޅައި، ނައިބު ރައީސް ވިދާޅުވީ، އެއީ ޕާކިސްތާނުގެ ޑިމޮކްރަސީއަށް ނުފޫޒު ފޯރުވުމަށް "ބޭރުގެ ބާރުތައް" ރޭވުމެއްގެ ބައެއް ކަމަށެވެ. އަދި ބޮޑު ވަޒީރުގެ އެދިލެއްވުމަކަށް، ޤާނޫނު ހަދާ މަޖިލިސް އުވާލެއްވިއެވެ.

ކުރިން ލަފާކުރެވިފައި އޮތީ ޚާންގެ އިތުބާރު ނެތްކަމުގެ ވޯޓުން ޚާން ބަލިވާނެ ކަމަށެވެ. ޕާކިސްތާނުގެ 342 ގޮނޑި ހިމެނޭ ޕާލަމެންޓްގައި ޚާންގެ ގޮނޑި ގެއްލުވާލުމަށް އިދިކޮޅު ފަރާތްތަކަށް 172 ވޯޓުގެ މެޖޯރިޓީއެއް ބޭނުންވެއެވެ. ޚާންގެ ޕާޓީ ހިމެނޭ ކޯލިޝަންގެ 17 މެމްބަރުން ހިމެނޭ ގޮތަށް އިދިކޮޅުން ވަނީ އޭނާ ވެރިކަމުން ދުރުކުރެވޭ ޢަދަދަށް ވޯޓް ހަމަކޮށްފައެވެ.

ޕާކިސްތާނުގައި މިހައި ތަނަށް އެއްވެސް ބޮޑު ވަޒީރަކު ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރެވިފައެއް ނުވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!