ދުނިޔެ

ލަންކާގެ ބޮޑުވަޒީރު އިސްތިއުފާ ދެއްވަން ނިންމަވައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ސްރީ ލަންކާގެ ބޮޑުވަޒީރު މަހިންދާ ރާޖަޕަކްސާ އިސްތިއުފާ ދެއްވަން ނިންމަވައިފިއެވެ.

Ads by Sosun Fihaara

މިޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މިއަދުގެ ވަގުތެއްގައި އޭނާ މަގާމުން އިސްތިއުފާ ދެއްވާނެއެވެ.

އެ މަގާމުން އިސްތިއުފާ ދެއްވުމުން ވަގުތީ ސަރުކާރެއް އެކުލަވައިލާން ބޮޑުވަޒީރު މަހިންދައާއި ރައީސް ގޮޓަބާޔާއާ ދެބޭފުޅުން ވަނީ އެއްބަސްވުމަކަށް އައިސްފައެވެ.

ސްރީލަންކާގެ މަސްރަހު ގޯސްވެ، ސަލާމަތީ ހިދުމަތްދޭ ފަރާތްތަކާ އާންމުން ކުރިމަތިލަމުން ދާތީ އެ ގައުމުގެ ރައީސް ގޮތަބަޔާ ރާޖަޕަކްސޭ ވަނީ ކުއްލި ހާލަތު ވެސް އިއުލާން ކުރައްވައިފައެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާން ކުރައްވައިފައި ވަނީ، އެ ގައުމަށް ދިމާވި އިގުތިސޯދީ ކާރިސާއާ ގުޅިގެން، އެތައްސަތޭކަ ބަޔަކު ރުޅިވެރިކަން ދައްކައި އޭނާގެ ގެކޮޅަށް ގަދަކަމުން ވަންނަން މަސައްކަތް ކުރާތީއެވެ.
22 މިލިއަން މީހުންގެ މައްޗަށް އެކުލެވޭ މި ޤައުމުގައި ޒަރޫރީ ބޭނުންތައް ނުފުދުމާއި، ތަކެތީގެ އަގު އިންތިހާއަށް އުފުލުމާއި، ކަރަންޓް ކެނޑުމުގެ ދަތިކަން ކުރިމަތިވަމުން ދާތީ އާންމުންގެ ނުރުހުން ވަނީ އަމާޒުވެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!