ދެން ރެސިޕީ | މިންޓް މޮޖީޓޯ

ބޭނުންވާ ތަކެތި:
6 ފަތް މިންޓް ލީފް
1 ލުނބޯ
1 މޭޒުމަތީ ސަމްސާ ހަކުރު
1 ދަޅު ސްޕްރައިޓް
4 އައިސް ކިއުބް
ތައްޔާރުކުރާނެ ގޮތް:
އެންމެ ފުރަތަމަ ލުނބޯ ކިއުބްކޮށް ކޮށާލާށެވެ. ދެން ތައްޓަކަށް ލުނބޯ އަދި މިންޓް ލީފް އަޅައި ރަނގަޅަށް ޗަސްކޮށްލާށެވެ. ދޭތީގެ ވެސް ރަހަ ރަނގަޅަށް ނިކުންނަ ވަރަށް ޗަސްކުރާށެވެ.
އެއަށް ފަހު ސްޕްރައިޓާއި ހަކުރު އަޅައި ރަނގަަޅަށް ގިރާލާށެވެ. ގިރައި ނިމުމުން އައިސް ކިއުބް އަޅައިލާށެވެ.