އިންޑިއާ އެކްޓްރެސްއެއްގެ ފޯނު ނަމްބަރު ލީކުވުމުން ހޭ އަރުވައިލައިފި
އިންޑިއާ ޓީވީ ޑްރާމާ ސީރީޒްތަކުން ފެންނަ ބަތަލާ ، ވިބުތީ ޓާކުރްގެ ފޯނު ނަމްބަރު ލީކުވުމުން އޭނާ "ހޭ އަރުވައިލައިފި" އެވެ.
ބަތަލާގެ ފޯނު ނަމްބަރު ލީކުވީ އޮންލައިން ޕްލެޓްފޯމެއްގައެވެ. ވިބުތީގެ ނަމްބަރަށް އެކި ގޮތްގޮތަށް މެސެޖާއި ފޮޓޯ ފޮނުވަމުން ދާކަމުގެ ޝަކުވާ އޭނާ ވަނީ ކޮށްފައެވެ. ފުލުހުންނަށް ހުށަހަޅައިފައިވާ މި މައްސަލަ ސައިބަރ ބުލީންގ ކޭސްއެއްގެ ގޮތުގައި ފުލުހުން ބަލަމުން ދާކަމަށް މައުލޫމާތު ލިބެއެވެ.
ވިބުތީ މީޑިއާގައި ބުނީ ތަފާތު ނަމްބަރުތަކުން މީހުން ގުޅަން ފެށުމުން އޭނާ ފުރަތަމަ ހީކުރީ އެއީ މީހަކު ސަކަރާތަކަށް ކުރާކަމެއް ކަމަށެވެ. އެހެން ނަމަވެސް ބައެއް މީހުން ގުޅައި އެއްރޭ އެކުގައި ނިދަން ގޮސްދެވިދާނެތޯ ސުވާލުކުރަން ފެށުމުން ކަންބޮޑުވާން ފެށިކަމަށް އޭނާ ބުންޏެވެ.
"ތެރަ ޔާރް ހޫ މޭ" އިން ފެންނަމުންދާ ވިބުތީ ބުނީ ބައެއް މީހުން ކުރަމުން ދިޔަ ހުތުރު މެސެޖުތަކުން ވަރަށް ދެރަވިކަމަށެވެ.
ވިބުތީ ވަނީ އޭނާގެ އިންސްޓަގްރާމްގައި މިވާހަކަތައް ހިއްސާކޮށްފައެވެ. އަދި ބުނީ އޭނާގެ ނަމްބަރު ލީކުކޮށްލި މީހާ އެކުރީ ވަރަށް ދަށު ދަރަޖައިގެ ކަމެއްކަމަށާއި ހުތުރު މެސެޖު ކުރާ މީހުން ވެސް އެކުރަނީ ވަރަށް ދެރަ ކަމެއްކަމަށެވެ.
އޭނާ ބުނީ ނަމްބަރު އެނގުނު ނަމަވެސް އަނެއް މީހާއަށް އުނދަގޫކޮށް ފުރައްސާރަކުރުމުގެ ބޭނުމުގައި މީހުން މެސެޖު ކުރަނީ ކީއްވެގެންކަން ނުވިސްނޭކަމަށެވެ. އަދި އަންހެނަކަށްވީތީ އުނދަގޫ ކުރުމުގެ ނިޔަތުގައި ހުތުރު މެސެޖު ފޮނުވާ މީހުން އަނެކާއަށް އިހުތިރާމުކުރަން ދަސްކުރަންޖެހޭކަމަށް ވެެސް ވިބުތީ ބުންޏެވެ.
ބިލިއަނަކަށް ވުރެ ބޮޑު އާބާދީއެއް އޮންނަ އިންޑިއާގައި ޓީވީ އެކްޓަރުންނާއި އެކްޓްރެސްއިންނަކީ މަޝްހޫރުކަން އެންމެ ބޮޑު ސެލެބްރިޓީންނެވެ. އެފަދަ މީހަކު މަގުމައްޗަށް ނިކުތަސް ކޮންޓްރޯލް ނުވާ މިންވަރަށް މީހުން އެއްވެއެވެ. ގިނަ ސެލެބްރިޓީންނަކީ އަމިއްލަ ސެކިއުރިޓީގައި ނޫނީ ބޭރަށް ވެސް ނުނިކުންނަ މީހުންނެވެ.
މިމީހުންނަށް މިހާރު އެގޭނެ މުސްލިމް އަންހެން ކުދިންނަށް އިންޑިޔާގެ ގެރިމޯދީގެ ރައްޔިތުން ކުރަމުންގެންދާ ލާ އަިންސާނީ އަމަލުތަކުން ކުރާނޭ އަސަރު