އޭޝިއާ ދުނިޔެ

ލަންކާގެ އިގްތިޞާދު ކޮޅަށްޖެހުން: ޓެކްސް ބިލް ފާސްކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

2019ގައި ވެރިކަމަށް ވަޑައިގަތުމަށްވީ ވައުދުގެ ދަށުން ރައީސް ގޮތަބަޔަ ރާޖަޕަކްޝަ ލުއިދީފައި އޮތް ޓެކްސް ޤާނޫނަަށް 7 އިޞްލާޙެއް ގެނެސް ފާސްކޮށްފިއެވެ.

Ads by WAMCO

ސްރީލަންކާ މިނިވަންވީ ފަހުން އެ ގައުމަށް ދިމާވި އެންމެ ބޮޑު ތަދުގެ ސަބަބުން ރައްޔިތުން ނިކަމެތިވެފައި ވަނިކޮށް އިޤްތިޞާދުު އަލުން ނަގައި ކޮޅަށް ޖެހުމަށް ސްރީލަންކާ ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ސަރޗަރޖް ޓެކްސް ޤާނޫނަށް އިޞްލާޙް ގެނައުމުގެ ބިލް ފާސްކުރީ އިއްޔެއެވެ. އެ ބިލް ފާސްކޮށްފައި ވަނީ މަޖިލީހަށް ބިލް ވެއްދިތާ 2 ދުވަސްތެރޭގައެވެ. އެ ގޮތުން ފުރަތަމަ ދުވަހު ކޮމިޓީއަށް ފޮނުވައި ދެވަނަ ދުވަހު ފުރަތަމަ ކިޔުން އިއްވައި އިއްޔެ މި ބިލް ވަނީ ފާސްކޮށްފައެވެ. މިއާ އެކު ދައުލަތަށް ވަންނަ ފައިސާ އިތުރުވެ އިގްތިޞާދަށް ލުއި ލިބޭނެކަމަށް ބެލެވެއެވެ.

ފާސްކުރި ބިލް ފަރުމާކޮށްފައި ވަނީ ވެސް ބިލް ތަންފީޒުކުރާ ވަގުތުން ފެށިގެން ވެސް ދައުލަތަށް ފައިސާ ލިބޭ ގޮތަށެވެ. އެ ގޮތުން ބިލްގައި ހިމެނިފައިވާ އެންމެ ބޮޑު އިޞްލާޙްގެ ދަށުން ޓެކްހަށް ގުނޭ އާމްދަނީ 2 ބިލިއަން ރުޕީސްއަށް އަރާ އަމިއްލަ ފަރާތްތަކާއި ޕާޓްނަރޝިޕްތަކާއި ކުންފުނިތަކުން 25އިންސައްތައިގެ ސަރޗަރޖެއް ދައްކަން ޖެހޭނެއެވެ. އަދި 2020ގެ އޭޕްރީލްއިން ފެށިގެން ހިނގައިފައިވާ މުޢާމަލާތްތައް ޓެކްސް ދެއްކުމުގައި ގުނޭނެއެވެ.

ސްރީލަންކާގެ އިގްތިޞާދު ވެއްޓުމުގެ އެންމެ ބޮޑު އެއް ސަބަބަކަށް އެ ގައުމުގެ އިގްތިޞާދީ މާހިރުން ދެކެނީ ވެސް ޓެކްހަށް ދިން ލުޔެވެ. އެ ލުޔާ އެކު އެ ގައުމުގެ އާމްދަނީއަށް އަހަރަކު ވަންނަ 500 ބިލިއަން ރުޕީސް މަދުވިއެވެ. އެއީ ޖީޑީޕީ ނިސްބަތުން 4.5 އިންސައްތައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!