ޚަބަރު ސަރުކާރު

މިއުޒިކް ފަންނާނުންނަށް އިތުރު ފުރުސަތުތައް ތަނަވަސް ކޮށްދޭނަން: ރައީސް

ރައުފާ ރަޝީދު ، ދެން އޮންލައިން

ރާއްޖޭގެ މިއުޒިކް ފަންނާނުންގެ ކަންބޮޑުވުންތައް އަޑުއައްސަވައި، އެކަންކަން ޙައްލުކޮށްދެއްވައި ގިނަ ފުރުސަތުތަކެއް ތަނަވަސް ކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

Ads by MWSC

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ، މިއުޒީޝަންސް ޔޫނިއަން އޮފް މޯލްޑިވްސްގެ މެންބަރުންނާ ބައްދަލުކުރައްވައި އެ ބޭފުޅުންގެ ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ.

މި ބައްދަލުކުރެއްވުމުގައި މިއުޒީޝަންސް ޔޫނިއަން އޮފް މޯލްޑިވްސްގެ މެންބަރުން ވަނީ މިއުޒިކީ ފަންނުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ދިމާވެފައިވާ ދަތިތަކަށް ސަރުކާރުގެ ތެރެއިން ޙައްލު ހޯދުމަަށް ބޭނުންވެލައްވާ ގޮތްތަކާއި އަދި ފަންނުވެރިކަން ކުރިއެރުވުމަށް މިއުޒީޝަންސް ޔޫނިއަން އޮފް މޯލްޑިވްސްއިން ކުރަމުންދާ މަސައްކަތްތައް ރައީސްއާ ހިއްސާކުރައްވައިފައެވެ.

އެގޮތުން މިއުޒީޝަންސް ޔޫނިއަންގެ މެންބަރުން ފާހަގަކުރެއްވި ދަތިތަކުގެ ތެރޭގައި މިއުޒީޝަނުން ޕްރެކްޓިސް ކުރުމަށާއި ޝޯވްދިނުމަށް ހުރި ދަތިތަކުގެ އިތުރުން އެ ޔޫނިއަން ހިންގުމަށް އޮފީހެއް ނެތުމާއި މާލީ ގޮތުން ކުރިމަތިވާ ހުރަސްތަކުގެ މަޢުލޫމާތު ހިމެނެއެވެ. މީގެ އިތުރުން ރިޒޯޓް މިއުޒިކް ކުޅުމަށް މިއުޒީޝަނުންނަށް ކުރިމަތިވާ ގޮންޖެހުންތަކާއި ޖުމްލަގޮތެއްގައި ފަންނުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ދިމާވެފައިވާ ދަތިތައް މެންބަރުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި މިއުޒީޝަންސް ޔޫނިއަން އޮފް މޯލްޑިވްސްގެ ފަރާތުން ހިއްސާކުރެއްވި ދަތިތައް ޙައްލުކޮށްދެއްވުމަށް ސަރުކާރުން ފުރިހަމައަށް އެއްބާރުލުން ދެއްވައި މިއުޒީޝަނުންނަށް ރާއްޖެއާއި ރާއްޖެއިން ބޭރުން ގިނަ ފުރުސަތުތަކެއް ހޯދައިދެއްވުމަށް މަސައްކަތްކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ މިއުޒިކީ ފަންނު އިތުރަށް ކުރިއަރުވާ އާލާކުރުމާ ގުޅޭ ގޮތުން މިއުޒީޝަންސް ޔޫނިއަން އޮފް މޯލްޑިވްސްގެ މެންބަރުންނާ އެކު ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައި ޚިޔާލު ބަދަލު ކުރައްވައިފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!