ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީއަށް ތާއީދު ނެތް ކަމަށް ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިފަދައިން ވިދާޅުވީ އެމްޑީޕީގެ މެމްބަރުން ތިއްބަވާ ގްރޫޕަކަށް ރޭގެ ވަގުތެއްގައި ފޮނުވި މެސެޖެއްގައެވެ.
ނަޝީދު ވިދާޅުވީ އިންތިހާބުގައި 50 ޕަސެންޓަށް ވުރެން އިތުރަށް ހޯދަން އުނދަގޫވާނެ ކަމަށާއި ގޯސްތަކެއް ހެދިފައިވާ ކަމަށެވެ. އަދި އެ ގޯސްތައް އެއް ބަޔަކު އަނެއް ބަޔަކަށް ގަބޫލު ވެސް ނުކުރާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
"އަޅުގަނޑަށް ހީވަނީ 50 ޕަސެންޓަށް ވުރެ އިތުރަށް ހޯދަން ވަރަށް އުނދަގޫވާނެ ކަމަށް. މާ ގިނަ ގޯސް ހެދިއްޖެ. އަދި އެ ގޯސް އެއް ބަޔަކު އަނެއް ބަޔަކަށް ގަބޫލެއް ނުކުރޭ" ރައީސް ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން، މި އަހަރަކީ ވަރަށް ރިސްކު ބޮޑު އަހަރެއް ކަމަށާއި “މިއިން އެއް ކަމަކަށް ވެސް ބަލައެއް ނުލެވޭ" ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އަންނަ މެއި މަހު އޮންނަ އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބާ ގުޅިގެން އެމްޑީޕީގެ އެތެރޭގައި ވަރަށް ބޮޑަށް ވަނީ ބައިބައިވުން އުފެދިފައެވެ. ކެމްޕޭނުގައި ދެ ކެނޑިޑޭޓުންނަށް ތާއީދުކުރާ ފަރާތްތަކުގެ މެދުގައި ބަހުގެ ހޫނު ހަމަލާތައް ދަނީ ދެމުންނެވެ.
އެމްޑީޕީއަކީީ ވަކިމީހެއްނޫންް ތިހިންކިޔަމުންް އޮޅުވާލަންާ ނޫޅެެ ތާއީދެއްނުފެނޭތަަ ކޮންމެރަށަކުންް އެފެންނަނީކޮންއެއްޗެއްް އެމްޑީޕީގަެ ސަޕޯޓްއޮންނާނީީ ވެރިކަންކުރާމީހަކައްް ގުބޯނުހެއްދޭނެެ ކޮންމެމީހަކައްް މިނިވަންކޮއްް މސައްކަތްކުރުމުގެަ ފުރުސަތުދީީ ތިމާނޫނަސްް އެހެންމީހުންް މަގާމުތަކައްް އާދެވެންޖެހޭނެ
ވެރިކަމާހެދި ދަންޖެހޭ ނެ މިމީހާ