ބޮލީވުޑް މުނިފޫހިފިލުވުން

ސޯނަމް، ރަނގަޅު މަންމައަކަށް ވާނެކަމާ މެދު ޝައްކެއް ނެތް: އަނިލް ކަޕޫރު

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން

މިދިޔަ މާޗު މަހުގެ ތެރޭގައި ބަތަލާ ސޯނަމް ކަޕޫރާއި ފިރިމީހާ އާނަންދު އަހޫޖާ އެމީހުންގެ ފުރަތަމަ ދަރިފުޅަށް މަރުހަބާ ކިޔަން ތައްޔާރުވަމުންދާކަން ހާމަކުރިއެވެ. ސޯނަމް އިންސްޓަގްރާމްގައި ކުރި ޕޯސްޓުގައި ބުނީ އެ ދެމަފިރިންގެ ހަތަރު އަތުން ދަރިފުޅަށް ދެވުނު އެންމެހައި ލޯތްބެއް ދޭނެކަމަށެވެ. އަދި ދެމަފިރިންގެ ދެހިތުގެ ވިންދު އަބަދުވެސް ދަރިފުޅަށް ޓަކައި ހާއްސަވާނެކަމަށް ބުންޏެވެ.

Ads by STELCO

އެއާ އެކު އަނިލް ކަޕޫރު ވެސް ކާފައަކަށްވުމުގެ އުފާވެރި ޚަބަރު ހިއްސާ ކުރިއެވެ. ތައްޔާރުވަމުންދަނީ ދިރިއުޅުމުގެ އެންމެ ހާއްސަ ރޯލަށްކަމަށް ބުނެ އަނިލް ވަނީ ސޯނަމް އަށާއި އާނަންދަށް އެކަމަށް ޓަކައި ޝުކުރު އަދާކޮށްފައެވެ.

ހިންދުސްތާން ޓައިމްސްއާ ވާހަކަ ދައްކަމުން އަނިލް ބުނީ ސޯނަމްއަކީ ކޮންމެ ކަމެއް ކުރިޔަސް ވަރަށް ފުރިހަމައަށް އެކަމެއް ކުރާ ކުއްޖެއްކަމަށެވެ. އެހެންކަމުން މަންމައެއްގެ ރޯލު ވެސް އެންމެ މޮޅަށް އަދާކުރާނެކަމާ މެދު ޝައްކު ނުކުރާކަމަށް އަނިލް ބުންޏެވެ.

ސޯނަމްއާއި އާނަންދުގެ ތިން ގެއެއް ހުރެއެވެ. އަނިލް ބުނީ އެ ތިން ގެއަށް ވެސް ދެވިއްޖެކަމަށާއި ތިން ގެ ވެސް ދަރިފުޅަށް މަރުހަބާކިޔަން ތައްޔާރުވެފައިވާ ކަމަށެވެ. ސޯނަމްއާ އާނަންދު ގިނަ ވަގުތު ހޭދަކުރަނީ އެމީހުންގެ ލަންޑަން ގޭގައެވެ. އެހެން ނަމަވެސް ބަނޑު ބޮޑުވިފަހުން އިންޑިއާގެ ވެރިރަށް މުމްބާއީގައި ހުންނަ ގޭގައި ދިރިއުޅޭކަމަށް ރިޕޯޓުތައް ބުނެއެވެ.

އަނިލް ބުނީ ސޯނަމް ވިހައި ގަދަވުމާ އެކު ލަސްތަކެއް ނުވެ ފިލްމީ މަސައްކަތްތަކަށް ނިކުންނާނެކަމަށެވެ. ފިލްމެއް ރިލީޒް ނުވާތާ ދުވަސްކޮޅެއް ވެފައިވާ ސޯނަމްގެ ޝޫޓިން ނިމިފައި އޮތް ފިލްމެއް ރިލީޒް ނުކޮށް އެބަ އޮތެވެ. "ބްލައިންޑް" ނަމަކަށް ކިޔާ މިފިލްމު އޯޓީޓީ ޕްލެޓްފޯމެއްގައި ރިލީޒްކޮށްފާނެކަމުގެ ރިޕޯޓުތަކެއް ވެސް ލިބުނެވެ. އެހެން ނަމަވެސް ރަސްމީކޮށް އެއްވެސްކަމެއް ކަށަވަރެއް ނުވެއެވެ.

ސޯނަމްއާއި އާނަންދު ކައިވެނި ކުރީ 201 ވަނަ އަހަރެވެ. އާނަންދަކީ އިންޑިއާގެ އެންމެ ބޮޑު އެކްސްޕޯޓު ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރެވެ. އަހޫޖާގެ ނަމުން މަޝްހޫރު ވިޔަފާރިވެރިޔާއަކީ މިލިއަނަރެކެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!