ޚަބަރު ސިޔާސީ

2023ގައި އެމްޑީޕީ އެއް ކުރެވޭނީ ހަމައެކަނި އިންތިއަށް: ވައްޑެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

2023ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީ އެއް ސަފަކަށް އެރުވޭނީ، ޗެއަރޕާސަންކަމުގެ އިންތިޚާބުގައި ވާދަ ކުރައްވާ އިމްތިޔާޒް ފަޙްމީ (އިންތި) ހޮވައިގެން ކަމަށް އިންތިގެ ކެންޕެއިން މެނޭޖަރު މުޙައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

އިންތިގެ ކެންޕެއިންގެ އަދާހަމަ ހިއްސާ ކުރެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވައްޑެ ވިދާޅުވީ، ޗެއަރޕާސަންކަމުގެ އިންތިޚާބުގައި ވާދަ ކުރައްވާ ދެ ކެނޑިޑޭޓުންގެ ތެރެއިން އެމްޑީޕީގެ ފަލްސަފާގައި މަސައްކަތް ކުރަނީ ހަމައެކަނި އިންތި ކަމަށެވެ. އަދި އެމްޑީޕީ އެއްކުރުމަށް ބޭނުން ވަނީ މި ފަދަ ފަލްސަފާއެއް ކަމަށް ވައްޑެ ވިދާޅުވިއެވެ.

"2023ގައި ޕާޓީ އެއް ކުރެވޭނީ އިމްތިޔާޒް ފަހުމީއަށް. 2023އަށް ވެސް އަދި ފަހަށް ވެސް މި ޕާޓީ އެއް ކުރުމަށް ޓަކައި، އަޅުގަނޑުމެންގެ ޕާޓީ އެއް މިވަނީ ވަކި ފިކުރެއްގެ މަތީގައި، ވަކި ފަލްސަފާއެއްގެ މަތީގައި، އަޅުގަނޑުމެންގެ ތިލަފަތް ރަމްޒުވާ ރަމްޒުވުންތަކުގެ މަތީގައި، އެކަން ކުރެއްވޭނީ އިމްތިޔާޒް ފަހުމީއަށް" ވައްޑެ ވިދާޅުވިއެވެ.

ވައްޑެ ވިދާޅުވީ، އިންތިގެ ކެންޕެއިނަށް ނިކުތް އިރު ވެސް ފިއްތުންތަކާ ކުރިމަތިލާން ޖެހޭނެ ކަން ވަރަށް ރަނގަޅަށް އެނގޭ ކަމަށާއި ނަމަވެސް އަތް އުރައިލައިގެން ނުތިބެ، އިންތިޚާބު ކާމިޔާބު ކުރަން ނިކުތް ކަމަށެވެ. އަދި މިހައި ތަނަށް ކުރެވުނު މަސައްކަތުން މި އިންތިޚާބު ކާމިޔާބުވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ލިބުނު ކަމަށް ވެސް ވައްޑެ ވިދާޅުވިއެވެ. ވައްޑެ ވިދާޅުވީ، ދެން އޮތީ ފޮށިތައް ރަނގަޅަށް ބެލެހެއްޓުމުގެ މަަސައްކަތް ކަމަށާއި އިންތިޚާބު އިންސާފުވެރިކޮށް ކުރިޔަށް ގެންދަން ހުށަހެޅުންތަކެއް ޕާޓީގެ އިންތިޚާބާ ބެހޭ ކޮމިޓީއަށް މިހާރު ހުށަހަޅައިފައިވާ ކަމަށެވެ.

ކެންޕެއިންގައި މިހާރު އިންތި ވަނީ 149 ރަށަކަށް ދަތުރު ކުރައްވައިފައެވެ. އެއީ މީހުން ދިރިއުޅޭ ރަށްތަކުގެ 79 އިންސައްތައެވެ.

Ads by Allied Insurance
  1. ޕީކޭ

    ނުކުރެވޭނެއަހަރެންވެސްނަޝީދަކަވޯޓެއްނުދޭނަންމީވެސްމެންބަރެ

  2. ހަޖާމްބެ

    ބަލަ ވައްޑޭ އިންތިއަކަށްވެސް ފައްޔާޒަކަށްވެސް ތިކަމެއް ދެނެއް ނުކުރެވޭނެ އެމްޑީޕީގެ އަގެއްމިހާރަކު މިރާއްޖެއަކުނެތް އެއީ ތިކަހަލަދެފުއްކެހެރިން އެމްޑީޕީގަ ގިނަވީމަ

  3. ހުރަވީ

    ޢެއީ ފިތުނަ އުފައްދައިގެންތަ؟