ޗައިނާގެ ފްރީ ޓްރޭޑް އެގްރީމެންޓާ ގުޅޭ ގޮތުން ނަޝީދު ދެއްކި ވާހަކަތައް ސަރުކާރުން ދޮގުކޮށްފި
ރައީސް ޔާމީންގެ ސަރުކާރުން ޗައިނާއާ އެކު ހެދި ފްރީ ޓްރޭޑް އެގްރީމެންޓް މި ސަރުކާރުން ކެންސަލްކޮށްފައިވާ ކަމަށް، އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވި ވިދާޅުވުން ސަރުކާރުން ދޮގު ކުރައްވައިފިއެވެ.
ޗައިނާއާ އެކު ހެދި ފްރީ ޓްރޭގް އެގްރީމެންޓް ކެންސަލްކޮށްފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައި ވަނީ، އަވައްޓެރި އިންޑިއާއަށް އެ މަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ވެރިރަށް ނިއުދިއްލީގައި އޮތް ކޮންފަރެންސެއްގައި ބައިވެރިވެ ވަޑައިގެން ދެއްވި ލެކްޗަރެއްގައެވެ.
ޗައިނާއާ އެކު ހަދައިފައިވާ އެގްރީމެންޓް ކެންސަލްކޮށްފައިވޭތޯ އޮންލައިން ނޫހަކުން އިކޮނޮމިކް މިނިސްޓްރީއާ ސުވާލުކުރުމުން ވިދާޅުވީ، އެފަދަ ކަމެއް ހިނގައިފައިވާ ކަމެއް އެ މިނިސްޓްރީއަށް އެނގިފައި ނުވާ ކަމަށެވެ. އަދި, އެ އެގްރިމެންޓު ބާތިލުކުރުމުގައި ސަރުކާރުން ވަކި ގޮތެއް އަދި ނުނިންމާ ކަމަށާއި އެ އެގްރިމެންޓު ރިވިއުކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
ރާއްޖެއާ ޗައިނާއާ ދެމެދު ސޮއިކުރި ފްރީ ޓްރޭޑް އެގްރިމެންޓް ސޮއިކޮށްފައި ވަނީ 2017ވަނަ އަހަރުގެ ޑިސެމްބަރު މަސް ތެރޭގައެވެ. ނަމަވެސް އެގްރީމެންޓް ތަންފީޒް ކޮށްފައެއް ނުވެއެވެ.
ދޮގުކޮއްގެންް ފުއްދާނުލާާ އެކަލޭގެއައްް ހައްގުއަދަބުވެސްދީީ ހަމައިގަަ ހުންނަންް އަންގާާ
ބޮޑެތި ދޮގުތައް ހަދައިގެން މީނަގެ މޮޅުކަން ދައްކަން އުޅެގެން އަނގަޔަށް ގޮވީދޯ. ބޮޑުދުއްޕާނެއް.
ނަބީކަލޭގެފާނު މަދީނާއަށް ހިޖުރަ ކުރިއިރު މަދީނާގެ ވިޔަފާރި އޮތީ މަދީނާގައި ދިރިއުޅޭ ޔަހޫދީން ގެ އަތްމަތީގައި އަދި މަދީނާގެ ގިނަމީހުން ވީ ޔަހޫދީން ގެ އަތުން ރިބާލޯން ނަގާފައި މަދީނާގައި އޭރު ޔަހޫދީންގެ ވިޔަފާރީ ބާޒާރު ބިނާވެފައިވަނީ ރިބާ ވިޔަފާރީގެ ބާޒާރެއްގެ ގޮތުގައި، ހަމަ މިއަދުވެސް ވޯލްޑު ބޭންކާއި އައިއެމްއެފް ފަދަ ތަންތަނަކީ އޭރުގައި ވެސް ޔަހޫދީން ހިންގިފަދަ ރިބާގެ ވިޔަފާރި ހިންގާ ބާޒާރު ތަކެއް.ރައްޔިތުންނަށް ފައިދާއޮތީ ރިބާ ކެއުން ދޫކޮށްލައިގެން މަދީނާގައި ނަބިއްޔާ ގާއިމް ކުރިފަދަ ރިބާ ނުހިމެނޭ ވިޔަފާރި ބާޒާރެއް އުފައްދައިގެން !