ވިޔަފާރި

އުރީދޫ މަސް ރޭހުގެ ޗެމްޕިއަންކަން ސްޓެލްކޯ ކަނބަލުންނަށް!

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކޮންމެ އަހަރެއްގެ ރަމަޟާންމަހު އުރީދޫއިން ކުރިޔަށްގެންދާ އުރީދޫ މަސްރޭހުގެ އެގާރަވަނަ ސީޒަން، ޓީމް ސްޓެލްކޯ ކަނބަލުން ކާމިޔާބުކޮށްފިއެވެ.

Ads by Hajj Corporation

މި މުބާރާތުގެ 11ވަނަ ސީޒަންގެ ޗެމްޕިއަންކަން ސްޓެލްކޯ ކަނބަލުން ހޯދީ ޖުމުލަ 680.80 ޕޮއިންޓް ހޯދައިގެންނެވެ.

ފޯރިގަދަ ފައިނަލެއްގައި ސްޓެލްކޯ ކަނބަލުން ޗެމްޕިއަންކަން ހޯދީ ޓީމް އެފްއެސްއެމް، ޓީމް ކެޔޮޅު ބައްޕީ އަދި ޓީމް ގޯޅިއަންސް ވާދަކޮށެވެ. މިއަހަރުގެ އުރީދޫ މަސްރޭހުގެ ޗެމްޕިއަން ޓީމާއި، އެންމެ ބޮޑު މަސް، އެންމެ ގިނަ މަހުގެ އިތުރުން މޯސްޓް އެންގޭޖިންގ ޓީމް ވަނީ ހޮވައިފައެވެ.

އުރީދޫ މަސްރޭސް2022ގެ ޗެމްޕިއަން ޓީމް: ޓީމް ސްޓެލްކޯ ކަނބަލުން

އިނާމު:

  • އުރީދޫ މޯލްޑިވްސްއިން ދޭ 50000 (ފަންސާސް ހާސް) ރުފިޔާ
  • ޑީޓެކް އިން ދޭ އެވިންރޫޑް8ހޕ އިންޖިން
  • ހައި ފިޝިންގް ޓެކްލްސްއިން ދޭ 10290ރ އަގުހުރި މަސްބާނާ ދޮށްޓެއް
  • ލަޔަރ ކެފޭގެ ފަރާތުން ޓީމަށް ދޭ ޚާއްސަ ކެއުމެއް

އެންމެ ބަރުމަސް ބޭނި ކެޔޮޅު: 11.95 ކިލޯގެ އެއިޓްބާ ގްރޫޕަރއެއް ބާނައިގެން، ޓީމް އާރްޑީސީގެ ޔާސިރު.

އިނާމު:

  • އުރީދޫ މޯލްޑިވްސްއިން ދޭ 5000 (ފަސް ހާސް) ރުފިޔާ
  • ސީރިއަސް އެންގްލަރސްގެ ފަރާތުން ދޭ އޯޝަންސް ލެގަސީ އެލެމެންޓަސް ޑިޕް ޖިގިން ދޮށްޓެއް ހައި ފިޝިންގް ޓެކްލްސްއިން ދޭ 4850ރ އަގުހުރި މަސްބާނާ ދޮށްޓެއް
  • ކެޔޮޅު ރެސްޓޯރެންޓްގެ ފަރާތުން 2 މީހުންގެ ކެއުމެއް

މުބާރާތުގެ ފިރިހެން މަސްވެރިޔާ: 49 މަސް ބާނައިގެން ޓީމް ސްޓެލްކޯ ކަނބަލުން ޓީމުން އަބްދުލް އަޒީޒް (އަޒީބެ)

އިނާމު:

  • އުރީދޫ މޯލްޑިވްސްއިން ދޭ 5000 (ފަސް ހާސް) ރުފިޔާ
  • އޮބިއަންގެ ފަރާތުން ދޭ އެކްސަސައިޒް ބައިކް
  • ހައި ފިޝިންގް ޓެކްލްސް އިން ދޭ 4850ރ އަގުހުރި މަސްބާނާ ދޮށްޓެއް
  • ކެޔޮޅު ރެސްޓޯރެންޓްގެ ފަރާތުން 2 މީހުންގެ ކެއުމެއް

މުބާރާތުގެ މޯސްޓް އެންގޭޖިން ޓީމް (އެންމެ ހިންގާލާ ޓީމް): ޓީމް އެފްއެސްއެމް

އިނާމު:

  • ރަންފައުންގެ ފަރާތުން ދޭ ޕެނަސޮނިކް އޭސީއެއް
  • ކޮފީ ޝްރަބްގެ ފަރާތުން ޓީމަށް ދޭ ތަރާވީސް ކެއުމެއް

މޮޅުވި ޓީމް ޓީމް ސްޓެލްކޯ ކަނބަލުން އަށް 680.80 ޕޮއިންޓް ލިބިފައިވާއިރު، މިއަހަރުގެ އުރީދޫ މަސްރޭހުގެ ދެވަނަ ޓީމް ކަމަށްވާ އެފްއެސްއެމް ޓީމަށް ލިބިފައި ވަނީ 191.05 ޕޮއިންޓެވެ. ހަމައެހެންމެ، ތިންވަނަ ހޯދައިފައިވާ ޓީމް ގޯޅިއަންސްއަށް ލިބިފައި ވަނީ 178.85 ޕޮއިންޓެވެ.

ފިތުރު އީދު ފާހަގަކޮށް، ރޭ ކުރިއަށްގެންގޮސްފައިވާ އުރީދޫ މަސްރޭހުގެ ފޯރިގަދަ ގްރޭންޑް ފައިނަލްގައި، މިނިސްޓަރ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް އަލްފާޟިލާ ޔުމްނާ މައުމޫން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އަލްފާޟިލާ ޒަހާ ވަޙީދު، އުރީދޫ މޯލްޑިވްސްގެ ބޯޑު މެންބަރު އަލް އުސްތާޛާ ދީނާ ހުސައިންއާއި އުރީދޫ މޯލްޑިވްސްގެ އެގްޒެކެޓިވް މެނޭޖްމަންޓް ޓީމް ވަނީ ބައިވެރިވެފައެވެ.

އުރީދޫ މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރ، ހުސައިން ނިޔާޒް ވިދާޅުވީ "އުރީދޫ މަސްރޭސްގެ ސީޒަން 11އަށް ޓީމްތަކުން ވަރަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔަ ކަމަށެވެ. ރާއްޖޭގައި ރަމަޟާން މަހު އެންމެ ގިނަ ބަޔަކު ފޯރިއާއެކު ބައިވެރިވާ އެއް އިވެންޓް ކަމުގައިވާ އުރީދޫ މަސްރޭސް ކޮވިޑް-1 އާ ގުޅިގެން ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު، މިއަހަރު އަލުން ފެށިއިރު، މި ހަރަކާތުގައި ބައިވެރިވުމަށް ގިނަ ފަރާތްތަކުން ތިބީ ޝައުޤުވެރިކަމާއެ ކު އިންތިޒާރުކޮށްގެންނެވެ. އެހެންކަމުން އުރީދޫ މަސްރޭސް 2022 ވެގެން ދިޔައީ ވަރަށް ފޯރިގަދަ ވާދަވެރި ސީޒަންއަކަށެވެ.

އުރީދޫ މަސްރޭހުގެ ތާރީހުގައި ރެކޯޑް އަދަދަކަށް މަސް ބާނައިގެން ޗެމްޕިއަންކަން ނެންގެވި ޓީމް ސްޓެލްކޯ ކަނބަލުންގެ އިތުރުން ވަނަތައް ހޯއްދެވި ހުރިހާ ފަރާތްތަކަށް ވެސް އުރީދޫން ވަނީ ވަރަށް ހޫނު މަރުހަބާއާއި ތަހުނިޔާ އަރިސްކޮށްފައެވެ. އަދި މި އިވެންޓް ފޯރިގަދަ އަދި ކުލަގަދަ އިވެންޓްއަކަށް ހަދައިދިން ހުރިހައި ބައިވެރިންނާއި ސަޕޯޓަރުން އަދި ޕާޓްނަރުންނަށް ވެސް އުރީދޫން ޝުކުރު އަދާކުރެއްވިއެވެ.

ސަރުކާރުގެ މުއައްސަސާތަކުންނާއި، ރާއްޖޭގެ ބޮޑެތި ކުންފުނިތަކުންނާއި އަމިއްލަ ފަރާތްތައް ހިމެނޭގޮތަށް، ޖުމްލަ 23 ޓީމެއް މިއަހަރުގެ މަސްރޭހުގައި ވާދަކުރިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!