އެނބުރި މަގުމައްޗަށް ދާކަށް އެމްޑީޕީ މެންބަރުން ނޭދޭ: ފައްޔާޒް

މޯލްޑިވްސް ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ މެންބަރުން އެދެނީ އެނބުރި މަގުމައްޗަށް ނުދާން ކަމަށް އެމްޑީޕީގެ ޗެއަރޕާސަންކަމުގެ މަޤާމަށް ވާދަ ކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.
ފައްޔާޒް މިހެން ވިދާޅުވެފައި ވަނީ، ޗެއަރޕާސަންގެ އިންތިޚާބުގައި ތާއީދު ހޯދުމަށް މިހާރު އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ފުވައްމުލައް ސިޓީއަށް ވަޑައިގަތުމަށް ފަހު ކުރެއްވި ޓްވީޓްގައެވެ. އެ މަނިކުފާނު ވިދާޅުވީ، އެމްޑީޕީ މެންބަރުން އަލުން އަނބުރާ މަގުމައްޗަށް ދާން ބޭނުން ނުވާ ކަމަށާއި ސަރުކާރު ދަމަހައްޓަން ބޭނުންވާ ކަމަށެވެ.
"އަޅުގަނޑުމެން އެންމެން މި ތިބީ ފުވައްމުލައް ސިޓީ ވެސް އެދޭ ގޮތަށް މި ސަރުކާރު ދަމަހައްޓަން،" ފައްޔާޒް ވިދާޅުވިއެވެ.
އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބުގެ ފޯރި ވަރަށް ބޮޑަށް ވަނީ ގަދަވެފައެވެ. އެއާ އެކު ފައްޔާޒާއި އިންތިގެ ޓީމުން ދަނީ ބަހުގެ ހަމަލާތައް ބަދަލުކުރަމުންނެވެ.