ޒަމާނީ ކަންތައްތަކަށް ދަރީން ހެއްލެނީ އެ ކަންކަމުން ހިމާޔަތްކުރުމަށް ހަރުދަނާ ފިޔަވަޅުތައް ނާޅާތީ: ޚުތުބާ

އެންމެހައި ތައުރީފާއި ޘަނާ ޙައްޤު ވެގެން ވަނީ މަތިވެރި ﷲއަށެވެ. ފާފަ ފުއްސެވުމަށާއި، އެހީތެރިކަމަށާއި މަދަދަށް އެދެނީ އެކަލާނގެ ޙަޟްރަތުންނެވެ. އަދި ވަކީލުކުރަނީ ވެސް ހަމަ އެކަލާނގެއަށެވެ. ﷲ މެނުވީ ޙައްޤުވެގެން އަޅުކަން ވެވޭ އެހެން އިލާހަކު ނުވާ ކަމަށާއި މުޙައްމަދު (ޞޢވ)އަކީ އެކަލާނގެ ފޮނުއްވި ރަސޫލާކަމަށް އަޅު ހެކިވަމެވެ. އެ މާތް ނަބިއްޔާއަށާއި އެކަލޭގެފާނުގެ އާލު އަސްޙާބުންނާއި، ޤިޔާމަތަށް ދާންދެން އެ ބޭކަލުންނަށް ތަބަޢަވީހައި ބަޔަކަށް ޞަލަވާތާއި، ސަލާމާއި، ބަރަކާތް ލައްވާށިއެވެ. އާމީން!
މިއަދުގެ ހުކުރު ޚުތުބާ ޚާއްސަކޮށްފައި ވަނީ ދަރީންގެ ޢަޤީދާ ރައްކައުތެރި ކުރުމަށް ތަރުބިއްޔަތު ދިނުމުގެ މުހިންމުކަމުގެ މައްޗަށެވެ.
ދަރީންނާ ބެހޭ ގޮތުން މާތް ﷲ އަހަރުމެންނަށް ކުރައްވާފައިވާ ވަޞިއްޔަތަށް ރައްކައުތެރިވުމަށް ޚުތުބާގައި ހަނދުމަކޮށްދެއްވައިފައި ވެއެވެ. ހަމަކަށަވަރުން ދަރީންނަކީ، ބޮޑުވެގެންވާ އަމާނާތެކެވެ.
މާތް ﷲ ވަހީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.
އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކާއި، ތިޔަބައިމީހުންގެ އަހުލުވެރިން، ނަރަކައިން ސަލާމަތް ކުރާށެވެ! އެ ނަރަކައިގެ ދަރަކީ، މީހުންނާއި، ހިލައެވެ. އެ ނަރަކައިގެ މައްޗަށް (ބަނޑޭރިން ކަމުގައި) ހަރުކަށި، އަދި ގަދަފަދަ މަލާއިކަތުންވެއެވެ. ﷲ އެބޭކަލުންނަށް ކުރައްވާ އަމުރަކަށް އެބޭކަލުން ނުއުރެދޭނެތެވެ. އަދި އެބޭކަލުންނަށް އަމުރު ކުރައްވާ ކަންތައް އެބޭކަލުން ކުރައްވާނެތެވެ.މާތް ﷲ ރުއްސުންލެއްވި ޢަލީގެފާނު ވިދާޅުވި ބަސްފުޅެއްގެ މާނައިގައިވެއެވެ.
ތިޔަބައިމީހުންގެ ނަފްސުތަކަށާއި ދަރީންނަށް ހެޔޮކަންތައްތައް އުނގަންނައިދޭށެވެ! އަދި އެކުދިން އަދަބުވެރި ކުރުވާށެވެ.ދަރީންނަކީ ބޮޑުވެގެންވާ ނިޢުމަތެކެވެ. އެއީ އެކުދިންގެ ސަބަބުން ލޮލަށް ފިނިކަން ލިބޭތީއެވެ. ކުރިމަގު އުޖާލާވާތީއެވެ. ޙަޔާތް ބާއްޖަވެރިވާތީއެވެ. އެހެންކަމުން އަހަރުމެންގެ ދުޢާއަކަށް ވާން ޖެހޭނީ:






ކޮމެންޓް