އުނގޫފާރުން މާލެ ގެނައި މީހަކު ފައްސިވެ، ރަށް މޮނިޓަރިންއަށް!

ރ. އުނގޫފާރުން މާލެ ގެނައި މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.
އުނގޫފާރު މޮނީޓަރިންގެ ހާލަތަށް ގެނެސްފައި މިވަނީ އެ ރަށުގެ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާއަށް މާލެ ފޮނުވާލި ބަލި މީހަކު ކޮވިޑަށް ފައްސިވުމާ ގުޅިގެންނެވެ.
އެޗްޕީއޭ އިން މިއަދު ނެރުނު އެންގުމެއްގައި ބުނީ އުނގޫފާރު މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ކޮވިޑް-19 އާ ގުޅިގެން ސިއްހީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް ކަމަށެވެ.
އެހެންކަމުން އެ ރަށުގައި ތިބި އެއްވެސް މީހަކު އެޗްޕީއޭ އިން ވަކިގޮތެއް އަންގަންދެން ރަށުން ފޭބުމާއި، އެ އެޖެންސީގެ ހުއްދަ ނެތި އެއްވެސް މީހަކު ރަށަށް އެރުން މަނާވާނެ ކަމަށްވެސް ބުނެފައިވެއެވެ. މި އެންގުން ނެރެފައިވަނީ މިއަދު ހެނދުނު 9:59 ގައެވެ.