އޮޅުވެލިފުއްޓަށް އަރާ ފޭބުން މަނާކޮށްފި

ޅ. އޮޅުވެލިފުއްޓަށް އަރާ ފޭބުން މަނާކޮށް ރަށް މޮނިޓަރިންއަށް ގެންގޮސްފި އެވެ.
އޮޅިވެލިފުށި މޮނިޓަރިންގެ ހާލަތަށް ގެނެސްފައި ވަނީ ރ. އުނގޫފާރު ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު މާލެ ފޮނުވާލުމުން ކުރި ޓެސްޓުން ކުރި މީހަކު ކޮވިޑް-19 އަށް ފައްސިވުމާ ގުޅިގެން ނެވެ.
އުނގޫފާރު ހޮސްޕިޓަލުގެ މެނޭޖަރު އިބްރާހިމް ޒަޔާންއާ ހަވާލާދީ "އަވަސް" އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި ފައްސިވީ ދިވެއްސެއް ކަމަށާއި އެމީހާއަކީ އިތުރު ފަރުވާ އަށް ޅ. އަތޮޅު އޮޅުވެލި ފުށިން މިދިއަ އާދިއްތަ ދުވަހު އެ ހޮސްޕިޓަލަށް ގެންދިޔަ މީހެއް ކަމަށެވެ.
އެމީހާ ފައްސިވި ކަން އެނގުނީ މާލެ ފޮނުވައި އައިޖީއެމްއެޗުގައި ހެދި ޓެސްޓް ހެދި ފަހުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޮޅުވެލިފުށީގެ އިތުރުން އެކޭސް އާ ގުޅިގެން އުނގޫފާރު ވެސް ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ.