ޚަބަރު ރައްޔިތުންގެ މަޖިލިސް

ކުރާނެ މަސައްކަތެއް ނެތުމުން މިއަދުގެ ޖަލްސާ ވެސް ނިންމައިލައިފި

އިބްރާހިމް ރަފްހާން ، ދެން އޮންލައިން

ކުރާނެ އިތުރު މަސައްކަތެއް ނެތުމުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ވެސް ނިންމައިލައިފިއެވެ.

Ads by STELCO

މިއީ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރު ފެށުނު ފަހުން ކުރާނެ މަސައްކަތެއް ނެތިގެން ޖަލްސާ ނިންމައިލި ތިންވަނަ ދުވަހެވެ. މި ހަފްތާގެ ފުރަތަމަ ދެ ޖަލްސާ ވެސް ފެށިތާ މާ ގިނައިރުތަކެއް ނުވެ ކުރާނެ މަސައްކަތެއް ނެތިގެން ވަނީ ނިންމައިލައިފައެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގެ އެޖެންޑާގައި އޮތީ ސަރުކާރުގެ ފަރާތުން ކޮމަންޑޫ ދާއިރާގެ މެމްބަރު ހުށައަޅުއްވާ ކުނި މެނޭޖުކުރުމާ ބެހޭ ބިލުގެ ފުރަތަމަ ކިޔުން އިއްވުމާއި ދަނގެތި ދާއިރާގެ މެމްބަރު މުޙައްމަދު ނާޒިމް ހުށައަޅުއްވައި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުމެވެ.

މީގެ އިތުރުން، އއ. ރަސްދޫ އައިސް ޕްލާންޓުގެ ޢަމަލީ މަސައްކަތާ ގުޅޭ ގޮތުން ފިޝަރީޒް މިނިސްޓަރ ޑރ. ހުސައިން ރަޝީދު މަޖިލީހަށް ހާޒިރުކޮށް ސުވާލު ކުރުމަށް ވެސް މިއަދުގެ މަޖިލީހުގެ އެޖެންޑާގައި ހިމަނައިފައިވެއެވެ. މިއަދުގެ މަޖިލިސް ނިންމައިލައިފައި ވަނީ މި މަސައްކަތްތައް ކުރުމަށް ފަހު އިތުރަށް ކުރާނެ މަސައްކަތެއް ނެތުމުންކަމަށް މަޖިލިސް ނިންމަވައިލައްވަމުން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވިއެވެ.

މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނީ އަންނަ ހަފްތާގެ ހޯމަ ދުވަހުއެވެ.

Ads by Allied Insurance
  1. މުހަންމަދު

    ރައްޔިތުންގެ ފައިސާ އެއްމެ ނަހަމަ ގޮތުގައި ބޭނުނުްކުރާ މީހުން……