ރައީސް ޔާމީންގެ އެދިވަޑައިގަތުމަށް މާދަމާ އޮންނަ ޝަރީއަތް ކެންސަލްކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ފަރާތުން ހައިކޯޓަށް ހުށަހަޅުއްވާފައިވާ އިސްތިއުނާފު މައްސަލާގައި މާދަމާއަށް ތާވަލުކޮށްފައިވާ އަޑުއެހުން ހައިކޯޓުން ކެންސަލްކޮށްފި އެވެ.
ހައިކޯޓުން ބުނީ ރައީސް ޔާމީން އެދިވަޑައިގެންނެވި ގޮތަށް މިހާރު އަޑުއެހުން ކެންސަލް ކޮށްފައިވާ ކަމަށާއި ކެންސަކް ކޮށްފައި ވަނީ މި މައްސަލާގައި ހައިކޯޓުގައި ބޭއްވުމަށް ތާވަލުކުރި 6 ވަނަ އަޑުއެހުން ކަމަށެވެ.
އެނގިފައިވާ ގޮތުގައި މާދަމާގެ އަޑުއެހުން ފަސް ކޮށްދޭން ޔާމީންގެ ފަރާތްޕުޅުން އެ މަނިކުފާނުގެ ވަކީލުން އެދުނީ، މާލޭގައި ކޮވިޑް-19 އަނެއްކާވެސް ފެތުރެމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނެވެ. އެ މައްސަލައިގެ ޝަރީއަތް ހައި ކޯޓުން ކުރިއަށް ގެންދަނީ މައްސަލާގައި ހިމެނޭ ހުރިހާ އެންމެން ކޯޓަށް ހާޒިރު ކޮށްގެންނެވެ.
އެ މައްސަލައިގެ އަޑުއެހުންތައް އެއްކޮށް ނިންމައިލަން އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ހައި ކޯޓުން ހަމަޖެއްސުމަށް ފަހު، އިތުރު ފުރުސަތެއް ދިނީ ޔާމީން އެދިވަޑައިގަތުމުންނެވެ.