ޚަބަރު

ރައީސް ޔާމީނަކީ ޒާތީ ބޭފުޅެއް، އިންޑިއާއާ އެކު އޮތީ ޒާތީކަމެއް: މުއާޒު

އިބްރާހިމް ރަފްހާން ، ދެން އޮންލައިން

އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީނަކީ ޒާތީ ބޭފުޅެއްކަމަށް ރައީސް ޔާމީންގެ ވެރިކަމުގައި އެ މަނިކުފާނުގެ ސްޕޯކްސް ޕަރސަންގެ މަޤާމުގައި ހުންނެވި އިބްރާޙިމް މުއާޒު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ރައީސް ޔާމީންގެ ވެރިކަމުގައި އެ މަނިކުފާނު ދިފާއު ކުރެއްވުމަށް ގިނަ ވާހަކަތަކެއް ދެއްކެވި، އަދި ވެރިކަން ބަދަލުވުމާ އެކު ވޯޓު އޮޅުވައިލިކަމަށް ބުނެ ބޭއްވި އިހުތިޖާޖުތަކުގައި ވެސް އިސްކޮށް ހަރަކާތްތެރިވި މުއާޒު މިހެން ވިދާޅުވީ މިއަދު ރާއްޖެ ޓީވީ ކުރިއަަށް ގެންދިޔަ ޕްރޮގުރާމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މުއާޒަކީ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބުގެ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް، އެމް.ޓީ.ޑީގެ މިހާރުގެ ނައިބު ރައީސެވެ.

ޕޮރޮގްރާމުގައި ވާހަކަދައްކަވަމުން މުއާޒު ވިދާޅުވީ، ސިޔާސީ ބޭފުޅުންނާ މެދު ކަންތައްތައް ވެގެންދިޔަ ގޮތަށް ބަލާއިރު ބަދަލު ހިފުމުގެ ރޫހެއް ޔާމީންގެ ކިބައިގައި ހުންނަކަން ފެންނަ ކަމަށާއި ޔާމީނަށް އެންމެ ޤަބޫލު ކުރަން އުނދަގޫ ކަމަކަށްވެފައި ވަނީ 2018ގެ އިންތިހާބު ގެއްލުން ކަމަށެވެ.

އެގޮތުން އެ އިންތިހާބު ގެއްލުނީ އިންޑިއާގެ ނުފޫޒުންކަމަށް ރައީސް ޔާމީން ޤަބޫލުކުރައްވާ ކަމަށާއި އިންޑިއާ އައުޓު ކެމްޕެއިނަކީ މިކަމާ ގުޅިގެން ކުރިއަށް ގެންދާ ކެމްޕެއިނެއްކަމަށް މުއާޒު ވިދާޅުވިއެވެ.

މީގެ އިތުރުން މުއާޒު ވިދާޅުވީ، ރައީސް ޔާމީން މިހާރު އެ ދައްކަވާ ވާހަކަތަކަކީ އެއްވެސް އޮއްޓަރެއް ނެތް ވާހަކަތަކެއް ކަމަށާއި، އެ މަނިކުފާނުގެ ވެރިކަމުގައި އިންޑިއާއަށް ވެސް އެކި ކަންކަމުގައި އެހީތެރިކަމަށް ވެސް އެދިފައިވާ ކަމަށެވެ. އެގޮތުން އިންޑިއާއިން ދެވަނަ ހެލިކޮޕްޓަރެއް ގެނައުމާ ޕޮލިސް އެކަޑެމީއެއް ރާއްޖޭގައި ހެދުމާ ގުޅޭ ގޮތުން އޭރު ވެސް މަޝްވަރާ ކުރެއްވިކަމަށް މުއާޒު ވިދާޅުވެފައި ވެއެވެ.

ރައީސް ޔާމީން ވަނީ ދާދިފަހުން ޕީޕީއެމްއިން ބޭއްވި ޖަލްސާއެއްގައި މުއާޒަށް ބަހުގެ ހަމަލާތަކެއް ރައްދު ކުރައްވައިފައެވެ. މިގޮތުން ވިދާޅުވީ، މުއާޒަކީ އެމަނިކުފާނުގެ ވެރިކަމުގައި ސްޕޯކްސްޕާސަނެއް ކަމަށާއި، އެހެންކަމުން ދައުލަތުގެ ސިއްރުތައް މުއާޒަކަށް ނޭނގޭނެ ކަމަށެވެ.

Ads by Allied Insurance
  1. ބަގަޅޭ

    ކަލޭ ތީ މުނާފިގެއް!! ކަލޭ ގެ ގޮތްކުޑަކަމާއި އިޚްލާސް ތެރިކަމެއް ނެތް ކަމުގެ ހެއްކަކީ ކަލެއަށް މަންފާ ނުލިބޭން ފެށުމުން ޔާމީން ވަރުގެ ނުބައި މީހެއް ނެތް!! ކަލޭގެ ތިހާ އަދުލް ވެރިނަމަ ޔަމީން ގޯސްކޮށް ކަން ކުރަން ފެށީމަ އެތަނުން ބޭރުނުވެ ވެރިކަން ނިމެންދެން ކަލޭ ހުރުމަކީ ކަލޭގެ މަކަރު ވެރިކަމާއި ފައިސާގެ ދަހިވެތިކަމުގައި އަމިއްލަ ނަފްސް ވިއްކާލިކަމުގެ ހެއްކެއް.