ރިސޯޓުތަކުގެ ކުލި ކުޑަކުރަން ޓޫރިޒަމް ގާނޫނަށް ގެންނަން ނިންމައިފައިވާ އިސްލާހުގެ ސަބަބުން ޕްރެޝަރު ބޮޑުވެ އެންމެ ފަހުން އެ އިސްލާޙް އަނބުރާ ގެންނަން ނިންމައިފިއެވެ.
މިއަަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ، ބިމު ކުލި ކުޑަކުރަން ޓޫރިޒަމްގެ ގާނޫނަށް އިސްލާހު ގެންނަން މަސައްކަތް ފެށީ ރަޝިޔާ-ޔޫކްރެއިން ހަނގުރާ ފެށުމުގެ ކުރިން ކަމަށެވެ. މި ވަގުތު ދުނިޔޭގެ މުޅި އިގްތިސާދީ ހާލަތު ބަދަލުވެފައި ވާތީ މިކަމުގައި މަޝްވަރާކޮށް މިހާރު ވަނީ އެ ހުށަހެޅުން އަނބުރާ ގެންދަން ނިންމައިފައި ކަމަށް އޭނާ ވިދާޅުވިއެވެ.
"މިހާރު ހާލަތު ބަދަލުވެފައި އޮތުމުން އަޅުގަނޑުމެންގެ ވިސްނުމެއް ނެތް މަޖިލީހުން އެ ބިލް [އެގޮތަށް] ފާސްކުރާކަށް،" އޭނާ ވިދާޅުވި އެވެ.
ސަރުކާރުން ވަނީ ޓޫރިޒަމް ގާނޫނަށް އިސްލާހު ގެނެސް ހަދައިފައިވާ ރިސޯޓުތަކުގެ ބިމު ކުލި ކުޑަކުރަން ޓޫރިޒަމް ގާނޫނަށް އިސްލާހެއް ގެންނަން ނިންމައިފައެވެ. މި އިސްލާހުގެ ސަބަބުން 590 މިލިއަން ޑޮލަރު ދައުލަތުގެ އާމްދަނީއިން އުނި ވެގެންދާނެއެވެ.
ޓޫރިޒަމް ބިމު ކުލި ކުޑަކުރަން ގެންނަން މަސައްކަތް ކުރި އިސްލާހާ ދެކޮޅަށް އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ، ރިސޯޓުތަކުގެ ކުލި ކުޑަކުރުން ފަދަ ދައުލަތަށް އާމްދަނީ ދަށްވާ ކަންކަން މި ވަގުތު ކުރުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ.
ގަވަރުނަރު ވަނީ މި ވަގުތު އެ ފަދަ ފިޔަވަޅެއް އަޅައިފި ނަމަ އާމްދަނީއަށް އަސަރުކޮށް "ސްރީލަންކާއަށް ވީ ގޮތް" ވެދާނެ ކަމަށް ބުނެ ވަނީ މަޖިލީހުގައި އިންޒާރު ދެއްވައިފައެވެ.
އެންމެ ފަހުން، މި އިސްލާހު އަނބުރާ ގެންނަން އިކޮނޮމިކް ކައުންސިލުގެ މިއަދުގެ ބައްދަލުވުމުގައި ވަނީ ނިންމައިފައެވެ.
މިވަގުތު ވެސް ރިސޯޓުތަކުގެ ބިމު ކުލީގެ ގޮތުގައި ދައުލަތަށް 12 ރިސޯޓަކުން 665 މިލިއަން ރުފިޔާ ނުލިބި އެބައޮތެވެ.
ޓޫރިޒަމް މިނިސްޓަރު އިސްތިއުފާދޭންޖެހޭވަރުގެ ކަމެއްމީ. މުޅި ރާއްޖޭގެ ރައްޔިތުންގެ ހައްގަކަށް އަރައިގަންނަން އެއުޅުނީ، ޔަގީނޭ ލާރިގަނޑެއްނަގާފަކަން އޮންނާނީ