ޚަބަރު ސިޔާސީ

އިންޑިއާއިން ރާއްޖެ ހިފާކަށް ނޫޅޭ، އެކަން ޔާމީނަށް އެނގިލައްވާނެ: ހަސަން ލަތީފް

އިބްރާހިމް ރަފްހާން ، ދެން އޮންލައިން

އަވައްޓެރި އިންޑިއާއިން ދިވެހިރާއްޖެ ހިފަން ނޫޅޭ ކަމަށާއި އެކަން މާ ރަނގަޅަށް އިދިކޮޅު ލީޑަރު ރައީސް ޔާމީންއަށް އެނގިލައްވާނެކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އެމް.ޑީ.ޕީގެ އެންމެ ފަހުގެ ޗެއާޕާސަންގެ މަޤާމު ވެސް ފުރުއްވި ހަސަން ލަތީފް މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ.

އިދިކޮޅުން ކުރިއަށް ގެންދާ 'އިންޑިއާ އައުޓު' ކެމްޕެއިނާ ދެކޮޅަށް އެމް.ޑީ.ޕީން ކުރިއަށް ގެންދާ 'ބާކީނުވޭ' ކެމްޕޭނުގެ ހޭޝްޓެގް ބޭނުންކުރައްވައި ހަސަން ލަތީފް ކުރެއްވި ޓުވީޓުގައި ވިދާާޅުވީ، ދިވެހިންގެ ތެރެއިން އެންމެ ގިނަ ބަޔަކު ބޭސް ފަރުވާއަށް ދާން ޖެހިފައިވާ އޮތް ގައުމަކީ އިންޑިއާ ކަމަށާއި އެ ޤައުމާ ޖެހިގަނެގެން އުޅުމުން ދިވެހިންނަށް ލިބޭ ދެރަ އިންތިހާއަށް ބޮޑު ކަމަށެވެ.

އިދިކޮޅު ލީޑަރު ރައީސް ޔާމީން އިސްވެ ކުރިއަށް ގެންދާ އިންޑިޔާ އައުޓު ހަރަކާތަށް އެމް.ޑީ.ޕީ މެމްބަރުން އަންނަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. މި ހަރަކާތް ހުއްޓުވުމަށް ރައީސް ޞާލިޙް ވެސް ހާއްސަ ޤަރާރެއް ނެރުއްވާފައިވާ އިރު، ކެމްޕެއިނުގެ ދަށުން މާލޭގެ އެކި ހިސާބުތަކުގައި ދަމަމުން ގެންދާ ބެނާތައް ފުލުހުން އަންނަނީ ނަގަމުންނެވެ.

މީގެ އިތުރުން މި ހަރަކާތް ކުރިއަށް ގެންދިއުމުގައި އިސްކޮށް ހަރަކާތްތެރިވާކަމުގެ ތުހުމަތުގައި ހޯރަފުށި ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު މުޙައްމަދު އިސްމާޢިލް ވެސް ވަނީ ދެ ފަހަރެއްގެ މަތިން ހައްޔަރުކޮށްފައެވެ. އެހެން ނަމަވެސް ދެ ފަހަރު ވެސް ކޯޓުން ވަނީ އޭނާ ދޫކޮށްލުމަށް އަމުރުކޮށްފައެވެ.

އިންޑިޔާ އައުޓު ހަރަކާތުގެ ތެރެއިން މިހައިރަކަށް އައިސް ކޮންމެ ރެއަކު ވެސް މާލޭގައި އެއްވުންތައް ބާއްވާއިރު، އެއްވުމުގައި ބައިވެރިވާ މީހުންގެ އަދަދު މަަދުކަމުގައި ވިޔަސް ފުލުހުން އަންނަނީ ބާރުގެ ބޭނުންކޮށްގެން އެއްވުންތައް ހުއްޓުވަމުންނެވެ.

Ads by Allied Insurance
  1. ހަސަން ކުރުސީ

    ހަމަހިފަން އުޅެނީ އެކަން ކަލެއަށްވެސް އެނގޭނެ

  2. އައުޓް

    އިންޑިޔާ އައުޓް

  3. މުންޖިޗޭ

    ނުހިފިއެއްކަމަކު މިނިވަން ޤައުމެއްގެ ހުރިހާ ބަހާތަކެއްގައި އެމީހުންނަށް ބޭނުންއިރަކު ބޭނުންގޮތަކަށް އަތްލެވި، ޤައުމުގެ ދާޚިލީ ކަންކަމުގެ ތެރެއަށް އަތްބާނައި، އެމީހުން ހިތުހުރިގޮތަކަށް މިތާ އުޅެން އެމީހުންނަށް ފުރުޞަތު އެބައޮތެއްނުން!

  4. ސިޔާސީ ހަރަކާތަކީ އެއީ އޮންނަ އެއްޗެއްވެސް ނޫން ސިޔާސީއޭ ކިޔައިގެން މިއުޅޭ މީހުންނަކީ ހަޤީގަތުގައި ރައްޔިތުންނަށް އޮޅުވާލައިގެން ދައުލަތުގެ މާލިއްޔަތު ލޫޓުވާ ވަފާތެރި ކެހިވެރި ޗޯރުން، ރައްޔިތުންނަށަ ކަންކަމުގައި ހިޔާލު ފާޅުކުރެވެނީ ވަކިނަމެއް ކިޔާ ބައިގަޑެއް އުފައްދައިގެނެއްނޫން، ހިޔާލު ފާޅުކުރުމަކީ ކޮންމެ މީހަކަށްވެސް ކުރެވިދާނެކަމެއް !

  5. ދެންކޭކުރަންތަ އިންޑިޔާގެ އަސްކަރިހޔާމިތާގާއިމުކޮންފާއެއޮތީ މިތަނަންވުރެ.ބިންވެދް.ބޮޑީ އިންޑިޔާގައެތްނު ގިރިގިރިޔާ ފަފޅުތަކާކާ.ކަޑުތައްވެދް ބޭނުންގޮތަކަން.އެމީހުނަންދީގެން ރާޖެމީހުނ ވަޒީފާނެތިގެންއުޅޭއިރު އިންޑިޔާމީހުންނަން ވަ×ީފާތައްވެސްދެނީ މޯދީ ބޮދުވަޒޭރުކަމުގާ.ބާހައްތަންވެގެން އޭރުންތަ މިވެރިންވެރިންނަން އިންޑިޔާރައްޔިތުންނަން ހަރަދުކުރަން ހުރިފައިސާ މިވެރިން ވެރިކަމަށްއަރަން ރިސްވަތު ދޭނީ

  6. ހުދުކާޅު

    ހަސަނުމެން އުޅެނީ ހިފިޔަނުދީ ޤައުމު އިންޑިޔާ ބީޖޭޕީ އަށއ ވިއްކާލައިގެން ނޫންތަ. ޑިވެހިންނަށް އަމުރުވެރިކަން ނެރެނީ އިންޑިޔާ އެމްބަސީންކަން ހަސަނަށް އެނގޭނެ.