ހުރިހައި ޚަރަދެއް ދޭ ސްކޯލަރޝިޕް ޕްރޮގްރާމެއް ޖަޕާނުން!

ޖަޕާން ސަރުކާރުން ރާއްޖެއަށް ދޭ ސްކޮލަޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލައިފިއެެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ، ޖަޕާނުގެ ސަރުކާރުގެ ފަރާތުން ޖަޕަނީޒް ގަވަރމެންޓް ސްކޮލަރޝިޕް ފޮރ 2023ގެ ދަށުން ރާއްޖޭގެ ދަރިވަރުންނަށް ޖަޕާނުގެ ޔުނިވަރސިޓީތަކުގެ ގްރެޖުއޭޓް ސްކޫލްތަކުގައި ކިޔެވުމަށް ސްކޮލަރޝިޕް ފުރުޞަތު ލިބިފައިވާ ކަމަށް ރާއްޖޭގައި ހުންނަ ޖަޕާން އެމްބަސީން އަންގައުފައިވާ ކަމަށެވެ.
މި ސްކޮލަޝިޕަށް ކުރިމަތިލުމުގެ ފުުރުސަތު މިއަދުން ފެށިގެން އަންނަ ޖޫން މަހުގެ 22ގެ ނިޔަލަށް ވަނީ ހުޅުވައިލައިފައެވެ.
މި ސްކޮލަރޝިޕްގެ ދަށުން ހުރިހާ ޚަރަދެއް ދިނުމަށް ހަމަޖެހިފައި ވަނީ ސްކޮލަރޝިޕް އިންތިޒާމް ކުރާ ފަރާތުންނެވެ. މި ސްކޮލަރޝިޕަށް ކެނޑިޑޭޓުން ހޮވުމުގެ ގޮތުން އެޕްލިކޭޝަން ރިވިއުކޮށް ޓެސްޓް އަދި އިންޓަރވިއު މަރުހަލާއަށް ކުދިން ޝޯޓްލިސްޓް ކުރުމުގެ މަސައްކަތް ކުރާނީ ރާއްޖޭގައި ހުންނަ ޖަޕާން އެމްބަސީގެ ފަރާތުންނެވެ. މި ޓެސްޓް އަދި އިންޓަވިއު އޮންނާނީ ވެސް ރާއްޖޭގައި ހުންނަ ޖަޕާން އެމްބަސީގައެވެ.
މި ސްކޮލަރޝިޕް ޕްރޮގްރާމްގެ ދަށުން ކޯސްތަކުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ކޯސްތަކާއި ބެހޭ އިތުރު މަޢުލޫމާތު http://www.studyinjapan.go.jp/en/smap_stopj-applications_research.html މި ލިންކުން ލިބޭނެ އެވެ.







ކޮމެންޓް