ނަޝީދުގެ ގެކޮޅުގެ ފާރުގައި "އިންޑިއާ އައުޓް" ޖެހި މީހާ ހައްޔަރުކޮށްފި
ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދުގެ އާއިލީ ގެކޮޅު، ކެނެރީގައި ފާރުގައި "އިންޑިއާ އައުޓް" ލިޔުނު މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިއަދު ހައްޔަރުކޮށްފައި ވަނީ 28 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
ނަޝީދުގެ އާއިލީ ގެކޮޅުގެ ފާރަށް "އިންޑިއާ އައުޓް" ސްޕްރޭކޮށްފައި މި ވަނީ ރާއްޖޭގެ އިދިކޮޅު ޕާޓީތައް ކަމަށްވާ ޕީޕީއެމާއި ޕީއެންސީން ކުރިއަށް ގެންދާ އެ ކެމްޕޭނާ ދެކޮޅަށް ނަޝީދު އިސްކޮށް ހުންނަވައިގެން މިދިޔަ ހަފުތާގައި "ބާކީނުވޭ"ގެ ނަމުގައި ކެމްޕޭނެއް ވެސް ފައްޓަވައިފައި ވަނިކޮށެވެ.
މީގެ ކުރިން ވެސް އެކި ތަންތަނުގައި "އިންޑިއާ އައުޓް" ލިޔެފައި ވެއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައިގެން ކުރިއަށް ގެންދާ "އިންޑިއާ އައުޓް"އާ ދެކޮޅަށް އެމްޑީޕީން "ބާކީނުވޭ" ގެ ނަމުގައި ކެމްޕޭނެއް ފެށި އިރު، އިންޑިއާއާ ދެކޮޅު ހަރަކާތަކީ ގައުމީ ސަލާމަތެއް ހުރި ނުރައްކަލެއް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރިޔާސީ ގަރާރަކުން މިދިޔަ އޭޕްރީލް މަހުގެ 21 ގައި ކަނޑައަޅުއްވައިފައި ވެއެވެ.
އެ ކެމްޕޭނަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިންް ބާލަން ގޮވައިލައި ކުރިއަށް ގެންދާ ކެމްޕޭނެކެވެ.