ދުނިޔެ

ގިނަ ދަރިން ހޯދަން ޗައިނާގައި މަޖުބޫރުކުރަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކުރިއަށް އޮތް އަހަރުތަކުގައި ޗައިނާގައި އަލަށް ވިހާ ކުދިންގެ އަދަދު ވަރަށް ބޮޑަށް ކުޑަވާނެ ކަމަށް ލަފާކުރެވޭތީ، ޤާނޫނަކުން މަޖުބޫރުކޮށްގެން ދަރިން ހޯދަން ޖެހޭ ގޮތަށް އިސްލާހެއް ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.

Ads by WAMCO

ޗައިނާއަށް އާބާދީ އިތުރު ނުވެ، ޒުވާނުންނަށް ވުރެ ގިނައިން މުސްކުޅިން އެ ޤައުމުގައި ގިނަވަމުންދާ އިރު ސަރުކާރުން ވަނީ އަވަހަށް ކައިވެނިކޮށް، ކޮންމެ މީހަކަށް މަދުވެގެން ތިން ކުދިން ހޯދަން އެ ގައުމުގެ ރައްޔިތުންނަށް ނަސޭހަތްތެރިވެފައެވެ. އަދި ތިން ކުދިން ހޯދާ ދެމަފިރިންނަށް ޗައިނާގައި މިހާރު ދަނީ ޚާއްސަ އިނާޔަތެއް ވެސް ދެމުންނެވެ.

އާބާދީ އިތުރުވުން ވަރަށް ބޮޑަށް މަދުވެފައިވާ ޗައިނާގައި ކޮވިޑް-19އާ އެކު އަލަށް ވިހާ ކުދިންގެ ނިސްބަތް ވަނީ މަދުވެފައެވެ. ސަބަބަކަށް ވެފައި ވަނީ، ލޮކްޑައުންއާ އެކު ވަޒީފާތައް ގެއްލި މާލީ ހާލަތު ، އިތުރު ކުދިން ހޯދުމަށް ތަން ނުދިނުމެވެ.

ޗައިނާގެ ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ބުނާ ގޮތުގައި 2013އާއި 2019އާ ދެމެދުގެ ހަ އަހަރުގެ މުއްދަތުގައި ޗައިނާގައި ކައިވެނި ކުރާ މީހުންގެ އަދަދު 41 ޕަސެންޓް ވަނީ ދަށްވެފައެވެ. މިދިޔަ އަހަރު ކައިވެނި ކުރުމަށް ރަޖިސްޓްރީ ކޮށްފައި ވަނީ އެންމެ 7.6 މިލިއަން ދެމަފިރިންނެވެ. މިއީ މިދިޔަ 36 އަހަރުގެ ތެރޭގައި އެންމެ ދަށް އަދަދެވެ. ނަތީޖާއެއްގެ ގޮތުން ޗައިނާގައި ވިހެއުމުގެ ނިސްބަތް ވަނީ 1000 މީހަކަށް 7.5 އަށް ދަށްވެފައެވެ.

ޗައިނާގައި އާބާދީ މަދުވެފައި ވަނީ، މީގެ ކުރިން އެ ޤައުމުން ގެންގުޅުނު ވަން ޗައިލްޑް ޕޮލިސީގެ ސަބަބުންނެވެ. އާބަދީ ކޮންޓްރޯލް ކުރަން، ޗައިނާގެ ސަރުކާރުން ކުރިން ވަނީ ކޮންމެ ދެމަފިރިއަކަށް ހޯދޭނީ އެއް ދަރިންކަމަށް ކަނޑައަޅައިފައެވެ. އެއް ދަރިންނަށް ވުރެ ގިނައިން ހޯދަން ބޭނުން ނަމަ އޭރު ސަރުކާރަށް ގިނަ އަދަދަކަށް ޓެކްސް ދައްކަން ޖެހެއެވެ.

Ads by Ooredoo
  1. އިލްމީ ހަޒާނާއިން

    އަހަރެމެންގެ ދީނުގަ އަންގަވާފަވޭ ގިނައިން ދަރިން ހޯދުމަށް. އެހެނީ ﷲ ތަޢާލާ ވަނީ ކޮންމެ މަހުލޫގަކަށް ރިޒުގު ކަނޑައަޅާ ނިންމަވާފަ. އަހަރެމެންގެ މުޖުތަމައަށް ވިސްނުވައިދީފަ އޮތީ މަދުން ދަރިން ހޯދީމައޭ އެކުދިންނަށް އަޅާލުމާ ތަރުބިއްޔަތު ދެވޭނީ. ފައިސާވެސް އެވަރަށް ނެތީމަ މަދުން ދަރިން ހޯދުމަށް ވިސްނިފަ އޮންނަނީ… ޗައިނާގެވެސް ކުރީގެ ވިސްނުން އޮތީ މިގޮތަށް.
    އިސްލާމީ ތާރީހަށް ބަލާއިރު ޞަހާބިން ދޭތެރެ ދުރުކުރާކަން އެނގިފައެއް ނުވޭ. ނަބީބޭކަލުން ގިނަ ދަރިން ހޯދުމަށް އެދި ދުއާކޮށްފަވޭ.