ޚަބަރު

"ވެރިކަން ހޯއްދަވަން ރައީސް ނަޝީދު ވެސް ޤާސިމްގެ އެހީ ހޯއްދެވި"

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

2008ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު، ރައީސް ނަޝީދު ކާމިޔާބު ކުރެއްވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެހީތެރިކަމާ އެކުގައި ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

Ads by STELCO

މޫސަ މިފައިން ވިދާޅުވެފައި ވަނީ، ޤާސިމްއާ ބައްދަލު ކުރައްވަން ރައީސް ޞާލިޙް މާމިގިއްޔަށް ވަޑައިގަތުމުން އެކަމާ، ރައީސް ނަޝީދު ނުރުހުން ފާޅު ކުރައްވާފައިވާ ދަނޑިވަޅެއްގައެވެ. ރައީސް ޞާލިޙަށް އިޝާރާތް ކުރައްވައި، ރައީސް ނަޝީދު ވިދާޅުވީ ރައީސް ޞާލިޙްގެ ރިޔާސީ ކެނޑިޑެސީ ކުރިއަށް ގެންދެވޭނީ ޖުމްހޫރީ ޕާޓީން ނިންމާ ގޮތެއްގެ މައްޗަށް ކަމަށް ކަމަށެވެ.

ޤާސިމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 2013ވަނަ އަހަރު ނަޝީދަށް ވެރިކަން ހޯދައިދޭން ވެގެން އޭރުގެ އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަދި މިހާރު ވެރިކަމުގައި ހުންނެވި ރައީސް ޞާލިޙްގެ އަތްޕުޅަށް ޗެކެެއް ދިނުމަށް ފަހު ގާސިމްގެ ގެކޮޅު، މާފަންނު ވިލާއަށް ފޮނުއްވި ކަމަށް ގާސިމް ޓީވީގައި ވިދާޅުވި އަޑު އެއްސެވި ކަމަށެވެ. އަދި 2008ވަނަ އަހަރުގެ އިންތިޚާބު ރައީސް ނަޝީދަށް ކާމިޔާބުކޮށްދެން ޤާސިމް އިބްރާހީމް މަސައްކަތް ކުރެއްވި ކަމަށް ވިދާޅުވިއެވެ.

"2008ގައި ވެސް އިންތިޚާބު ކާމިޔާބު ކުރަން ޤާސިމް ކައިރިއަށް އަންނި ދިޔަ." ރީކޯ ކުރެއްވި ޓްވީޓްގައި ވިދާޅުވިއެވެ.

މޫސަ އިތުރަށް ވިދާޅުވީ، 2018ވަނަ އަހަރު ގާސިމް ޖަރުމަނުގައި ހުންނަވަނިކޮށް ނަޝީދު ގުޅުއްވި ކަމަށް ޤާސިމް ވިދާޅުވި ކަމަށެވެ.

2023ވަނަ އަހަރުގެ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާން ކުރެއްވުމަށް ފަހު، ރައީސް ޞާލިޙް، ގާސިމާއި ބައްދަލުކުރެއްވުމުން އެމްޑީޕީގެ ބައެއް މެމްބަރުން ދަނީ ނުރުހުން ފާޅު ކުރަމުންނެވެ.

Ads by HDC
  1. މިދިިޔަ 50 އަހަރު ތެރޭގައި ސަރުކާރު ހިންގި މީހުން ވަނީ ބޮޑެތި ރިބާލޯނު ނަގާ އެމީހުނަށް ފައިދާ ލިބޭ ގޮތަށް އެލޯން ރައްޔިތުންނަށް ވެސް ދޫކޮށްފައި، ލޯން ނުނެގި މީހުނަށް  ފުލެޓް އަޅާދީ ފުލަޓެއް އެއްޗެއް ދީގެން ވެސް ރިބާލޯން ދަރި އެންމެން ބޮލުގައި އަޅުވާފައި މިވަނީ ! ރިބާ ކެއުން ހުއްޓާލާނެ ސަރުކާރެއް ހޯދަން އެބަޖެހޭ !

  2. އަހުމަދުބެ

    މިހާރުގެ ރައީސްގެ ތަފާތަކީ ޢައްދާރުނުވާކަން