އެމްއާރްއެމްއިން 3000 މެމްބަރުން ހަމަކުރުމުން އުވާނުލާނެކަން އަންގައިފި

މޯލްޑިވްސް ރިފޯމް މޫވްމެންޓް، އެމްއާރްއެމްއިން 3000 މެމްބަރުން ހަމަކުރުމުން އެ ޕާޓީ އުވާނުލާނެކަން އިލެކްޝަންސް ކޮމިޝަނުން އަންގައިފިއެވެ.
ގާނޫނުގައި ސިޔާސީ ޕާޓީގައި ހަމަވާން ޖެހޭ ކަމަށް ބުނާ 3،000 މީހުން ހަމަނުވާތީ އިލެކްޝަންސް ކޮމިޝަނުން ވަނީ މިިދިޔަ މާޗު މަހު، ތިން މަހުގެ ނޯޓިސްއެއް އެމްއާރުއެމް ހިމެނޭ ގޮތަށް ހަތަރު ޕާޓީއަކަށް ދީފައެވެ. އެ މުއްދަތު ހަމަވަނީ އަންގާރަ ދުވަހަށެވެ.
އެމްއާރުއެމްއިން އެ އަދަދަށް މެންބަރުން ހަމަކުރިކަން އިލެކްޝަންސް ކޮމިޝަނުން އެމްއާރުއެމްއަށް މިދިޔަ ބުރާސްފަތި ދުވަހު ވަނީ އަންގަވައިފައެވެ، އަދި މިއަދު ވަނީ އެކަން ޓްވީޓަކުން ހާމަކޮށްފައެވެ.
އީސީން ނޯޓިސް ދިން ޕާޓީތަކުގެ ތެރޭގައި ދެން ހިމެނެނީ، ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ)އާއި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)އަދި މޯލްޑިވްސް ލޭބަ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީ)ގެ އިތުރުން މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓިކްސް (އެމްޓީޑީ)އެވެ.