ޚަބަރު

ދައުލަތުގެ ބަޖެޓުން ޕާޓީތަކަށް ފައިސާ ދޭންނުޖެހޭ އިޞްލާޙް ހުށައަޅައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ސިޔާސީ ޕާޓީތަކަށް ބަޖެޓުން ފައިސާދިނުން ހުއްޓުވުމަށް، މޯލްޑިވްސް ނޭޝަނަލް ޕާޓީން ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.

Ads by STELCO

އެމްއެންޕީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، މި ގާނޫނަށް އެޕާޓީންގެ ޕާލަމެންޓްރީ ގުރޫޕުގެ ފަރާތުން ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ހުށަހެޅުއްވި އިސްލާހުގައި، ދައުލަތުގެ މާލިއްޔަތުން ސިޔާސީ ޕާޓީތަކަށް ޚަރަދުކުރުން ހުއްޓުމަކަށް ގެނައުމުގެ އިތުރުން، ސިޔާސީ ޕާޓީތަކުގެ މެމްބަރުންގެ ދަފްތަރެއް އިލެކްޝަންސް ކޮމިޝަނުން ބެލެހެއްޓުމުގެ ބަދަލުގައި މިކަމަކީ ޑިމޮކްރަޓިކް އެހެނިހެން ގައުމުތަކުގައި ވެސް ސިޔާސީ ޕާޓީތަކުން ކުރަމުންދާ ކަމަކަށް ވާތީ، މި ކަމަށް މަގުފަހި ކުރުވުމަކީ ވެސް މި އިސްލާހު އެ ޕާޓީން ހުށަހެޅި އެއް ސަބަބެވެ.

އެމްއެމްޕީން ހާމަކޮށްފައިވާ ގޮތުގައި، މި ގާނޫނަށް އެ ޕާޓީން ހުށަހެޅި މި އިސްލާހުގެ ސަބަބުން ސިޔާސީ ޕާޓީތަކުގެ ދަފްތަރު ދުނިޔޭގެ ބެސްޓް ޕްރެކްޓިސްއާ އެއް ގޮތަށް ބެލެހެއްޓި، ދައުލަތުގެ ބަޖެޓަށް ލުއިފަސޭހަތަކެއް ލިބިގެން ދާނެކަމަށް ވެސް އެ ޕާޓީން ދެކެއެވެ.

އުޝާމް ވަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނުން ގިނަ މާއްދާތަކެއް އުނިކުރަން ހުށައަޅުއްވައިފައެވެ. އެ ގޮތުން އެ ގާނޫނުގެ 36ވަނަ މާއްދާގައި ބުނާ ދައުލަތުގެ ބަޖެޓުން ދޭ ފައިސާ ބަހާނެ ގޮތާ ގުޅޭ ހުރިހައި އަކުރެއް އުނިކުރަން ވަނީ ހުށައަޅައިފައެވެ. އެ ގޮތުން އެ މާއްދާގެ ހ އިން ފެށިގެން ޅ.އަށް ވާ ހުރިހައި ބައިތަކެއް އުނިކުރަން ހުށައަޅައިފައި ވެއެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން ދައުލަތުގެ ބަޖެޓުން ޕާޓީތަކަށް ދޫކުރެވޭ ފައިސާއަކީ ދައުލަތުގެ އަހަރީ ބަޖެޓުގެ 0.1 ޕަސަންޓާއި 0.2 ޕަސަންޓާ ދެމެދުގެ އަދަދެކެވެ.

ދައުލަތުގެ ބަޖެޓުން މިއަހަރު ފައިސާ ލިބިފައި ވަނީ އެމްޑީޕީއާއި ޕީޕީއެމްއާއި ޖުމްހޫރީ ޕާޓީގެ އިތުރުން އަދާލަތު ޕާޓީއަށެވެ. އެމްޑީޕީއަށް 15 މިލިއަން، ޕީޕީއެމަށް 9.4 މިލިއަން އަދި ޖުމްހޫރީ ޕާޓީއަށް 5.5 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ. އަދި އަދާލަތު ޕާޓީއަށް 2.9 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!