ޚަބަރު ސިޔާސީ

ވެރިކަމުގެ ދެވަނަ ދައުރެއް ރައީސް ޞާލިޙަށް ދޭކަށް ނުފެނޭ: އަޙްމަދު މުޢިއްޒު

އިބްރާހިމް ރަފްހާން ، ދެން އޮންލައިން

ރައީސް އިބްރާޙިމް މުޙައްމަދު ޞާލިހަށް ވެރިކަމުގެ ދެވަނަ ދައުރެއް ދޭން ނުފެންނަ ކަމަށް ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އަޙްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

މަޝްހޫރު ޤާނޫނީ ވަކީލު މުޢިއްޒު މިހެން ވިދާޅުވީ، 2023ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހަށް ތާއިދު ކުރައްވާނެކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ވިދާޅުވުމުންނެވެ.

ރައީސް ޞާލިހުގެ ކެބިނެޓުގައި ތިއްބަވާ އެމްޑީޕީގެ މިނިސްޓަރުން ރައީސް ޞާލިހުއަށް ތާއިދު ކުރައްވާކަން މިއަދު ހާމަ ކުރައްވަމުން ގެންދަވާއިރު، މިނިސްޓަރު މާރިޔާ ދީދީ ވެސް ވަނީ ރައީސް ޞާލިހަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައި ޓުވީޓު ކުރައްވައިފައެވެ.

ރައީސް އޮފީހުގައި މިދިޔަ ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޞާލިހު ވަނީ 2023ގެ ރިޔާސީ އިންތިހާބަށް ޝައުޤުވެރިކަން އޮތްކަން ފުރަތަމަ ފަހަރަށް ފާހަގަކުރައްވައިފައެވެ. މިއާ އެކު ރިޔާސީ އިންތިހާބުގެ ފޯރި މިހާރު ވަނީ އެމްޑީޕީގެ ތެރޭގައި ވަރަށް ގަދަވެފައެވެ.

Ads by Allied Insurance
  1. ާައަހުމަދު

    ހުރިހާ ޕާޓޭން މަގުމައްޗަށް ދޫކޮށްލާފަ، ރީހެބު ބަންދުކޮށްފައި، ކިލޯ ކިލޯ އިން މަސްތުވާ ތަކެތި އެތެރެކުރާ މީހުން ދޫކުރަމުންދާ ސަރުކާރެއް ދަމަހައްޓާން އެއްވެސް މަޔަކު ނުވަތަ ބަފަޔަކު ވޯޓުދޭނެ ކަމަށް ހީކުރުމަކީ ވަތަށް ބޮޑު އޮޅުމެއް.