Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ކ.ގުރައިދޫ "ރައްޒާޤުބެ މެމޯރިއަލް ކަޕް" މި މަހު 20ގައި ފަށަނީ

ކ.ގުރައިދޫ "ރައްޒާޤުބެ މެމޯރިއަލް ކަޕް" މި މަހު 20ގައި ފަށަނީ

ރައްޔިތުން މަޖިލީހުގެ ކ.ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާއާއި ގުރައިދޫ ކައުންސިލް ގުޅިގެން ބާއްވަމުން އަންނަ "ރައްޒާޤުބެ މެމޯރިއަލް ކަޕް"ގެ މި އަހަރުގެ މުބާރާތް މި މަހުގެ 20ވަނަ ދުވަހު ފަށަން ތައްޔާރުވެއްޖެއެވެ.

ގުރައިދޫގެ 5 ޓީމު ބައިވެރިވާ މި މުބާރާތުގެ ގުރުއަތުލުން ރޭ ވަނީ ބާއްވައިފައެވެ. މި މުބާރާތް ކުރިއަށް ދާނީ ލީގު އުޞޫލުން ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމް ފައިނަލްގައި ކުޅޭ ގޮތަށެވެ.

<img class="alignnone wp-image-155017 size-large" src="https://cdn.dhen.mv/wp-content/uploads/2022/06/WhatsApp-Image-2022-06-15-at-1.17.29-PM-1024x954.jpeg" alt="" width="1024" height="954" />

Advertisement
Allied Insurance — Square (box)

މި މުބާރާތާ ގުޅޭ ގޮތުން "ދެން"އާ ވާހަކަ ދައްކަވަމުން ގުރައިދޫ ކައުންސިލްގެ ރައީސް ހުސައިން ޔާމީން ވިދާޅުވީ ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު ބާއްވާ މި އަހަރުގެ މުބާރާތް ވެސް ފޯރިގަދަ މުބާރާތަކަށް ވާނެކަމަށް އުއްމީދު ކުރާ ކަމަށެވެ. އަދި މި މުބާރާތަކީ ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށްދޭ މުބާރާތެއްކަމަށާއި އެކަން މިއަހަރު ވެސް ފެނިގެންދާނެކަން ޔަގީންކުރާ ކަމަށެވެ.

މި މުބާރާތް 20ގައި ފެށުމަށް ތާވަލްކޮށްފައިވާ އިރު މުބާރާތްކުޅޭ ގުރައިދޫ ދަނޑުގައި ޓާފް އެޅުމަށް ފަހު މި މަހު 19ގައި އެ ދަނޑު ހުޅުވާނެއެވެ.

<img class="alignnone wp-image-155016 size-full" src="https://cdn.dhen.mv/wp-content/uploads/2022/06/WhatsApp-Image-2022-06-15-at-1.23.37-PM.jpeg" alt="" width="854" height="641" />

މި މުބާރާތަކީ ތުއްތޮންބެ ނަމުގައި 2015ވަނަ އަހަރު ފެށި މުބާރާތެކެވެ. ނަމަވެސް ގުރައިދޫގެ ކުޅިވަރުގެ ޚިދުމަތްތެރިއެއްކަމަށްވާ ރައްޒާޤުބެ ނިޔާވުމާ ގުޅިގެން އޭނާގެ ހަނދާންތައް އައުކުރުމުގެ ގޮތުން މި މުބާރާތުގެ ނަން 2019ވަނަ އަހަރު ރައްޒާޤުބެގެ ނަމަށް ވަނީ ބަދަލުކޮށްފައެވެ. މިއީި ރައްޒާޤުބެގެ ނަމުގައި މި މުބާރާތް ކުޅޭ ދެވަނަ އަހަރެވެ.

&nbsp;

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް