ދުނިޔެ

ޗައިނާގައި ވަޒީފާ ނެތް މީހުންގެ އަދަދު އިންތިހާއަށް އިތުރުވަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗައިނާގެ ވަޒީފާ ނެތް މީހުންގެ ނިސްބަތް ކުރިއަށް އޮތް މަސްތަކުގައި ރެކޯޑް މިންވަރަކަށް އަރާނެ ކަމަށާއި ޒުވާނުންގެ ވަޒީފާ ނެތް މީހުންގެ އަދަދު %23އަށް އިތުރުވާނެ ކަމަށް ބޭންކް އޮފް އެމެރިކާއިން ބުނެފިއެވެ.

Ads by WAMCO

އެ ބޭންކުން އާއްމުކޮށްފައިވާ ރިޕޯޓެއްގައި ބުނެފައި ވަނީ، ބޮޑެތި ސިޓީތަކުގައި ވަޒީފާ ނެތް މީހުންގެ ނިސްބަތް %7އަށް ވުރެ މަތިވުން އެކަށީގެންވާ ކަމަށެވެ. އަދި ޖުލައި އަދި އޮގަސްޓް މަހު 16 އަހަރާއި 24 އަހަރާ ދެމެދުގެ މީހުންގެ އަދަދު %23އަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް ކަމަށް އިގްތިސާދީ މާހިރުން ކަމަށްވާ ޕީ ޝިއާއޮކިންގްއާއި ހެލެން ކިއާއޯ ޖޫން 6ގައި ނެރުނު ނޯޓެއްގައި ހާމަކޮށްފައިވެއެވެ.

މިކަން މެދުވެރިވާނެ ސަބަބެއްގެ ގޮތުގައި އެ ބޭފުޅުން ވިދާޅުވީ، ކޮވިޑް ލޮކްޑައުންތަކުގެ ސަބަބުން ލޭބަރ މާކެޓަށް ލިބުނު ޝޮކެއްގެ ސަބަބުން ”ވިޔަފާރިތައް ނާޒުކުވުން" ކަމަށެވެ. ޗައިނާގައި އަދި ވެސް ދަނީ ކޮވިޑް-19 ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންނެވެ.

"[ލޭބަރ މާކެޓަށް] ލިބުނު ލޮޅުން ފެންނަނީ 2020ވަނަ އަހަރު ލިބުނު ވަރަށް ވުރެ ފުން، ފުޅާ އަދި ދިގުދެމިގެންދާ ޝޮކެއް،" އެ ރިޕޯޓްގައިވެއެވެ.

'ޕީކް ޕްރޮޑަކްޝަން ސީޒަންގައި އިތުރު އިންޑަސްޓްރިއަލް ހަބްތަކަށް އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް، އަދި އޭރު ޖޮބް މާކެޓުން އިތުރު ވަޒީފާތައް ގެއްލިދާނެ"

އެމީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް މަސްތަކުގައި މުޅި ގައުމުގައި ވަޒީފާނެތް މީހުންގެ ނިސްބަތް %6.5އަށް އަރާނެއެވެ.

ޝަންހާއީ ހިމެނޭ ގޮތަށް ބޮޑެތި ސިޓީތައް ލޮކްޑައުން ކުރުމުން އޭޕްރީލް މަހު ބޮޑެތި 31 ސިޓީއެއްގައި ވަޒީފާ ނެތް މީހުންގެ ނިސްބަތް ރެކޯޑް މިންވަރަކަށް ވަނީ އަރައިފައެވެ. ޒުވާނުންގެ ވަޒީފާ ނެތް މީހުންގެ އަދަދު %18.2އަށް ވެސް އަރައިފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!