27މެންބަރުން ކުރިމަތިލި ޕީޕީއެމްގެ އަންހެނުންގެ ގޮނޑިއަށް 5 މެންބަރުން ހޮވައިފި

އިދިކޮޅު ޕީޕީއެމްގެ ކައުންސިލް އިންތިޚާބުގެ އަންހެނުންގެ ޚާއްސަ ފަސް ގޮނޑިއަށް މެމްބަރުން އިންތިޚާބު ކޮށްފިއެވެ.
ރޭ ކުރިޔަށް ދިޔަ އެ އިންތިޚާބުގައި ފަސް މެންބަރުންގެ ގޮނޑިއަށް ޖުމްލަ 27 މީހުން ވަނީ ކުރިމަތިލައިފައެވެ.
ޕީއެމްގެ ކައުންސިލަށް އިންތިޚާބުވި އަންހެން ފަސް މެމްބަރުން:
- ޝެރީނާ އަބްދުއްސަމަދު (ޝެރީ) 46 ވޯޓު
- ޖަމީލާ އަލީ ޚާލިދު 45 ވޯޓު
- ޒީނަތު އަދުނާން 43 ވޯޓު
- އާމިނަތު ނާސިހާ 29 ވޯޓު
- އާމިނަތު ޝިޔާނާ (އާނަ) 39 ވޯޓު