ލައިފްސްޓައިލް

އަނބިމީހާއަށް ދޭ ވަގުތަށްވުރެ ގިނަވަގުތު ތިޔަ ދެނީ އެކުވެރީންނަށްތަ؟ ތިޔަ ހެދެނީ ބޮޑު ގޯހެއް!

ދެން އެމްވީ ، ދެން އޮންލައިން

ކައިވެންޏަކީ ވަރަށް މާތް އަދި އެހާމެ މަތިވެރިވެގެންވާ ގުޅުމެކެވެ. ލޯބީގެ ގޮތުން ގުޅޭ ދެމީހުން ހަލާލް ގޮތުގައި ޒަވާޖީ ހަޔާތެއް ފަށައިން ދިރިއުޅުމެއް ކުރިއަށް ގެންދަނާމަ، އެދެމީހުންނަށް މާތް ﷲ ބަރަކާތް ލައްވަވާނެއެވެ.

Ads by MWSC

ކައިވެނީގެ ގުޅުމަކީ ވަރަށް ނާޒުކު ގުޅުމެއް ވެސް މެއެވެ. ހެދޭ ކުޑަކުޑަ ގޯހަކުން ވެސް އެ ގުޅުން އުމުރަށް ނިމިދާނެއެވެ. ދެމަފިރިން އެކަކު އަނެކެއްގެ ހައްގުތަކަށް ރައްކާތެރިވެ ވަގުތު ދީގެން ލޯބިން އުޅުމަކީ ކާމިޔާބު ކައިވެންޏެއްގެ ސިއްރެވެ.

ޒަމާން މިވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. މަސައްކަތް ނިންމާލާފައި، އަނބީމީހާ ގާތު ވަގުތު ހޭދަކުރި ދުވަސް މިވަނީ މާޒީއާ އެކުވެގެން ގޮސްފައެވެ. މިއަދު ފިރިމީހާ މަސައްކަތް ކޮށް ނިންމާލާފައި ވެސް އެކުވެރިންނާއި އެކު ސަކަރާތް ޖަހައި، ކޮފީތަކުގައި ގިނަ ވަގުތު ހޭދަކުރެއެވެ. މީގެ ނަތީޖާއަކަށް ވަނީ އަނބިމީހާ އަށް ދެވޭ ވަގުތު މަދުވުމެވެ. އަނބިމީހާއާއި އެކީ ހޭދަކުރާ ވަގުތު މަދު ވުމަކީ، އަންހެން މީހާ ވަރަށް ބޮޑަށް މާޔޫސް ކުރުވާ ކަމެކެވެ. ގިނަ ފަހަރަށް ދެމަފިރިން މެދުގައި ޒުވާބުތައް ގިނަވެ، ވަރިފަށަށް ވެސް އަރަނީ އަނބިމީހާ އަށް ދެވޭ ވަގުތު މަދުވެ ދެމީހުންގެ މެދުގައި ބީރައްޓެހި ކަމެއް އުފެދުމުންނެވެ.

ކާމިޔާބު ކައިވެންޏެއް ބޭނުންވާނަމަ، އަނބިމީހާ އާއިއެކީ ގިނަ ވަގުތު ހޭދަކުރާށެވެ. ގިނަ އަންހެނުންގެ ދިރިއުޅުން ވަރަށް ސިމްޕަލް ވާނެއެވެ. އަނބިމީހާގެ މުޅި ދުވަސް ހޭދަވަނީ ފިރިމިހާގެ ހިދުމަތުގައި އާއި ދަރިންނަށް ހިދުމަތް ކުރުމަށެވެ. މުޅި ދުވަސް އެއްވެސް ވަރުބަލިކަމެއް ނެތި ގޭތެރޭގެ މަސައްކަތްތައް ކުރުމުގައި ހޭދަ ކޮށްލުމަށްފަހު، ރޭގަނޑު އަނބިމީހާ ބޭނުން ވާނީ ފިރިމީހާގެ ލޯތްބާއި އަޅާލުމެވެ. ރޭގަނޑު ދަންވަންދެން ކޮފީތަކުގައި ތިބުމަށްފަހު، އަނބިމީހާ ނިދާ ފަހުން ގެއަށް އައުމަކީ ދެމީހުންގެ މެދުގައި އޮންނަ ގުޅުން ހީނަރުވާ ކަމެކެވެ.

އެކުވެރިންނަށް ވެސް ވަގުތު ދޭން ޖެހޭނެއެވެ. ދިރިއުޅުމުގައި ދިމާވާ ކަންކަމަށް ހައްލު ހޯދައި މަޝްވަރާ ކޮށްލުމަށް އެކުވެރިންނާއިއެކު ވަގުތު ހޭދަކުރުމަކީ މައްސަލައެއް ނޫނެވެ. އެހެން ނަމަވެސް މައްސަލައަކަށްވާ ހިސާބަކީ މާގިނަ ވަގުތު އެކުވެރިންނާއިއެކު ހޭދަކުރުމެވެ. މައްސަލައަކީ އަނބިމީހާ އަށް ވަގުތު ނުދީ އެކުވެރިންނާއިއެކު ވަގުތު ހޭދަކުރުމެވެ. ކޮންމެ ކަމަކަށް ވެސް އިމެއް އޮންނާނެއެވެ. އެކުވެރިންނާއިއެކު ވަގުތު ހޭދަކުރާއިރު ވެސް އިމުން ބޭރު ނުވެ ވަގުތު ހޭދަކުރުމަކީ މުހިންމު ކަމެކެވެ. ބާއްޖަވެރި ކައިވެންޏަކަށް އަނބިމީހާއަށް ގިނަ ވަގުތު ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!