ޚަބަރު ސިޔާސީ

މި ސަރުކާރުގެ ފުރަތަމަ ޓެކްނޮލޮޖީ މިނިސްޓަރު މަލީހު ޕީ.ޕީ.އެމް ކައުންސިލަށް

އިބްރާހިމް ރަފްހާން ، ދެން އޮންލައިން

ރައީސް އިބްރާޙިމް މުޙައްމަދު ޞާލިހުގެ ކެބިނެޓުގައި ޓެކްނޮލޮޖީ އެންޑް ސައިންސް މިނިސްޓަރުގެ މަޤާމު ފުރަތަމަ ފުރުއްވި، މުޙައްމަދު މަލީހު ޖަމާލް ޕީ.ޕީ.އެމްގެ ކައުންސިލަށް އިންތިހާބުވެއްޖެއެވެ.

Ads by Sosun Fihaara

ރޭ ބޭއްވި ކައުންސިލްގެ އިންތިހާބުގައި މަލީހުގެ އިތުރުން 11 މީހަކު ވަނީ އިންތިހާބުކޮށްފައެވެ. މަލީހަކީ، 2018ވަނަ އަހަރު ރައީސް ޔާމީންއާ ދެކޮޅަށް ރައީސް ޞާލިހު ވެރިކަމަށް ގެނައުމަށް އިސްކޮށް ހަރަކާތްތެރިވި ބޭފުޅެކެވެ.

ނަމަވެސް އެކި ސަބަބުތަކާހުރެ މަލީހުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި މަޤާމުން ބޭރު ކުރުމުން، މަލީޙު ވަނީ އިދިކޮޅު ކޯލިޝަނާ ގުޅި މި ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރައްވަން ފައްޓަވައިފައެވެ.

ރޭ އޮތް އިންތިހާބުގައި ޖުމްލަ 130 މީހުން ވަނީ ވާދަކޮށްފައެވެ. މީގެ ތެރެއިން އަންހެނުންނަށް ހާއްސަ ކުރި 5 ގޮނޑިއަށް ވެސް 30 މީހުން ކުރިމަތިލައިފައި ވެއެވެ.

  1. ތުރާ

    ތިންފަށް ކެނޑީބާ؟

  2. ޖަމީލު

    ލަދުހަޔާތް، އާއް ފަށްކަނޑާ، ހބަރ